ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި 60 ޕަސެންޓު މީހުން ޝަރުތު ހަމަނުވޭ

ގެދޮރުވެރިޔާ ސްކީމުން ފްލެޓު ދޭން ތަރައްގީކުރާ ފްލެޓުތައް: މިއިން އެއްވެސް އިމާރާތެއްގެ މަސައްކަތް އަދި ނުނިމޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގެދޮރުވެރިޔާ ސްކީމުން ފްލެޓު ދޭން ތަރައްގީކުރާ ފްލެޓުތައް: މިއިން އެއްވެސް އިމާރާތެއްގެ މަސައްކަތް އަދި ނުނިމޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގެދޮރުވެރިޔާ ފްލެޓަށް ޝަރުތުހަމަވެ. ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ހާމަކޮށްފި އެވެ.

އޭސީސީން މި މައްސަލައިގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތަކެވެ. އެއީ ޖުމްލަ ފޯމުތަކުގެ 70 ޕަސެންޓެވެ. އޭގެ އިތުރުން ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ބައެއް ފޯމު ވެސް ހިމެނެ އެވެ.

އޭސީސީގެ ތަހުގީގަށް ފާހަގަކުރެވުނު މައިގަނޑު ކަންކަން

  • 4000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ޝަރުތު ފުރިހަމަނުވާ ގިނަ މީހުން ހިމަނާފައިވުން
  • ޕޮއިންޓު ދިނުމުގެ އިތުރަށް ޕޮއިންޓު ދީފައިވުން
  • ގިނަ މީހުން ހުށަހަޅާފައިވާ ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއެރުން
  • ޝަރުތު ފުރިހަމަވާ ކަނޑައެޅުމުގައި އާއި ޕޮއިންޓު ދިނުމުގައި އަމަލުކޮށްފައި ވަނީ އެއް ހަމައަކުން ނޫންކަން
  • ގިނަ މީހުންގެ ހައްގު ގެއްލުމުގެ އިހުތިމާލު އޮތްކަން

ޝަރުތު ހަމަނުވާ ފޯމުތަކުގެ ތެރޭގައި ގިނައީ އުސޫލުގެ ތިން ވަނަ ނަމްބަރުގެ (ނ)، އެއީ މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް ހަމައެކެނި ގޭގެ ލިޔުމެއް ނުވަތަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާ ހާލަތުގައި އެ ލިޔުމަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމުތަކެވެ.

މީގެ މިސާލެއް ދެމުން އޭސީސީގެ އޮފިޝަލް ބުނީ މާލޭގައި ދިރިއުޅޭ ކަމަށް ބުނެ ލިޔުން ހުށަހަޅާފައިވާ އެކަކަކީ ރަށު ކައުންސިލުގެ ވަޒީފާގައި ގިނަ އަހަރުތަކެއް ވަންދެން ވަޒީފާއަދާކޮށްފައިވާ މީހެއް ކަމަށް ޕެންޝަން އޮފީހުގެ މައުލޫމާތުން ކަށަވަރުވާ ކަމަށެވެ. ނަމަވެސް މި މީހާއަށް ވެސް މާލޭގައި ދިރިއުޅުމުގެ ޝަރުތު ހަމަވެ ފްލެޓު ލިބިފައިވެ އެވެ.

މިގޮތަށް ހުރި އެހެން ފޯމުތަކުގައި ކުންފުނި ރަޖިސްޓްރީކޮށްފައިވާ ތާރީހަށް ވުރެ ކުރީގެ ތާރީހެއްގައި ކުންފުނިތަކުގައި ވަޒީފާ އަދާކޮށްފައިވާ ކަމަށް ބުނެ ލިބިފައިވާ ލިޔުންތަކަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ. އަދި މައި އެޕްލިކަންޓަކީ 2013 ގެ ފަހުން މާލޭގެ ދަފްތަރުގައި ނުވަތަ މާލޭގެ ގެއެއްގައިވާ ހާލަތުގައި އެ މީހަކީ 15 އަހަރު މާލޭގައި އުޅެފައިވާ މީހެއްކަން ކަށަވަރު ކުރުމެއް ނެތި ވެސް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

އޭގެ އިތުރުން ސަރުކާރުން ކުރިން ފްލެޓު ލިބިފައިވާ ބައެއް މީހުންނަށް ވެސް ފްލެޓަށް ޝަރުތު ފުރިހަމަވާ ކަމަށް ބަލައިފައިވެ އެވެ. އަދި 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ވެސް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ.

ޕޮއިންޓު ދިނުމުގައި ހުރި މައްސަލަތައް ފާހަގަކުރަމުން އޭސީސީން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ބަލަމުންދާ ފަރާތެއް ކަމަށް ފޯމުގައި ނެތަށް އެ ބަޔަށް ޕޮއިންޓު ދިނުމާއި ބައެއް ފޯމުތަކުގައި އެ ބަޔަށް ޕޮއިންޓު ދިނުމުގައި ޕޮއިންޓު ދިން އަސާސެއް އެނގެން ނެތް ކަމަށެވެ. އަދި ފޯމުގައި ހުރި މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތަކަށް ވެސް އެކަންކަމަށް ރިއާޔަތްކުރުމެއް ނެތި ޕޮއިންޓު ދީފައިވާ މައްސަލަ ވެސް އެ ކޮމިޝަނުން ފާހަގަކުރި އެވެ.

ޝަކުވާ ހުށެހެޅުމުގައި ހުރި މައްސަލަތައް ފާހަގަކުރަމުން އޭސީސީން ބުނީ ޝަކުވާއާއެކީ ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތަކަށާއި އަސާސެއް ނެތް ޝަކުވާތަކަށް ވެސް ބުރަދަންދީފައިވާ ފޯމުތައް ފާހަގަކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ ފަސޭހައިން ކަށަވަރުކުރެވެން ހުރި މައުލޫމާތު ބޭނުންނުކޮށް ޕޮއިންޓު ދީފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި ދަރިން ނެތް ބައެއް މީހުންނަށް ދަރިން ހުރި ކަމަށް ބަލައި ޕޮއިންޓު ދީފައިވާ ކަން އޭސީސީގެ ތަހުގީގުން ފާހަގަކުރެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox