އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިން، އިންޑިއާ ލިސްޓުގެ ފަސްވަނައަށް

ވެލާނާ އެއާޕޯޓުގެ ޖެޓީ ކައިރީގައި ޓޫރިސްޓުންތަކެއް މަޑުކޮށްގެން. މިދިޔަ ތިން އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާއިން --- ފޮޓޯ: އިޔާން/އަދަދު

ވެލާނާ އެއާޕޯޓުގެ ޖެޓީ ކައިރީގައި ޓޫރިސްޓުންތަކެއް މަޑުކޮށްގެން. މިދިޔަ ތިން އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިންޑިއާއިން --- ފޮޓޯ: އިޔާން/އަދަދު

މި އަހަރު ފެށުނު ފަހުން ރާއްޖޭގެ ޓޫރިޒަމްގެ އެއް ނަމްބަރު މާކެޓުގެ ގޮތުގައި އޮތް ރަޝިއާ ފަހަތަށް ޖައްސާލުމަށް ފަހު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކަށް ޗައިނާ ވެފައިވާ ކަމަށް ޓޫރިސްޓް އެރައިވަލް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި އެންމެ ފަހުގެ އެރައިވަލް ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ މިހާތަނަށް 214،470 ޓޫރިސްޓުން ރާއްޖެ އައިސްފި އެވެ. އެގޮތުން އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ޗައިނާއިން 23،972 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ ކޮވިޑް-19އަށް ފަހު އެ ގައުމުގެ ބޯޑަރުތައް ހުޅުވާލިފަހުން ރާއްޖޭގެ ޓޮޕް މާކެޓުގެ އެއްވަނައަށް ޗައިނާ އެރި ފުރަތަމަ ފަހަރެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތައް

  1. ޗައިނާ - 23،972
  2. ރަޝިއާ - 21،898
  3. އިޓަލީ - 21،321
  4. ޔޫކޭ - 18،078
  5. އިންޑިއާ - 16،536
  6. ޖަރުމަނު - 12،842
  7. ފްރާންސް - 7،624
  8. އެމެރިކާ - 7،452
  9. ޕޮލޭންޑް - 6،063
  10. ސްވިޓްޒަލޭންޑް - 4،211

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަށް ހަދައިދިނުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ޗައިނާއަށް ކުރި ދަތުރުފުޅުގައި އެދިވަޑައިގަނެފަ އެވެ.

"ޗައިނާގެ މި މަގާމު އަލުން ހޯދުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރުމަކީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮވިޑުގެ ކުރިން 2017 އަދި 2018 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާ އެވެ. ޖެހިގެން އައި 2019 ވަނަ އަހަރު 280،000 އަށްވުރެ ގިނަ ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމާއެކު އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އަވައްޓެރި އިންޑިއާއިންނެވެ. ނަމަވެސް މިހާރު އިންޑިއާ އޮތީ މި ލިސްޓުގެ ފަސް ވަނައިގަ އެވެ.

ތިން އަހަރު ވަންދެން ގައުމު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ޗައިނާއިން އެ ގައުމުގެ ބޯޑަރު ހުޅުވާލީ މިދިޔަ އަހަރުގެ ޖެނުއަރީ އަށެއްގަ އެވެ. މިދިޔަ އަހަރު ޖުމުލަ 187،118 ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

ޗައިނާ ރާއްޖޭގެ އެެއް ނަމްބަރު މާކެޓަށް ހެދުމަށް ރައީސް އިލްތިމާސްކުރެއްވި އިރު، އިންޑިއާގެ ގިނަ ބަޔަކު ދަނީ ރާއްޖެ ބޯއިކޮޓްކޮށް، ރާއްޖޭގެ ބަދަލުގައި އެ ގައުމުގެ ލަކްޝަދީޕަށް ޒިޔާރަތްކުރަން ގޮވާލަމުންނެވެ.

ރާއްޖޭގައި މިހާރު 1،142 ޓޫރިސްޓް ޕްރޮޕަޓީ ހިންގަމުންދެ އެވެ. އެއީ 175 ރިސޯޓާއި 812 ގެސްޓްހައުސް އާއި 140 ސަފާރީގެ އިތުރުން 15 ހޮޓަލެވެ. މި ތަންތަނުގައި ޓޫރިސްޓުން ބޭނުންކުރަން ހުރި އެނދުގެ އަދަދަކީ 61،518 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox