ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހުންނަށް އަނިޔާވެ ފަރުވާ ދޭން ފަށައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ފިތުރޯނު މަގުގައި ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ހަވީރު 16:28 ހާއިރު ކަމަށްވާއިރު އެކަމުގެ ތަހުގީގު މިހާރު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި އެކްސިޑެންޓުގެ ވީޑިއޯއިން ފެންނަ ގޮތުގައި ޖެހުނު ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ. އަދި, ބައެއް މީހުންގެ ހެެލްމެޓުތައް ވެސް ވިއްސައިގެން ދުރަށް ގޮސްފައިވާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.











