ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ސޯލިހު ގޮވާލެއްވީ ތަހުގީގަކަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : ހުއްދަނެތި ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ސޯލިހު ގޮވާލެއްވީ މައްސަލަ ތަހުގީގު ކުރުމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : ހުއްދަނެތި ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށް ވިދާޅުވެ ސޯލިހު ގޮވާލެއްވީ މައްސަލަ ތަހުގީގު ކުރުމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ހުއްދަނެތި ބޭރުގެ އެއްވެސް ގައުމަކަށް ވަދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އެރި މައްސަލައާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އެނގިވަޑައިގަންނަވާނެ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ކަމެއް، އެހެންވީމަ ވީހާވެސް އަވަހަކަށް އެކަން ތަހުގީގުކޮށް، އެކަން ހިނގާފަ އޮތް ގޮތް ބަލައި [އެ މައުލޫމާތު] އާންމުކުރުމަކީ މިކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން ކުރަންޖެހޭ ކަމެއް" ސޯލިހު ވިދާޅުވި އެވެ.

މިވަގުތު އިދިކޮޅު އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމުގައިވެސް ހުންނެވި ސޯލިހު އިތުރަށް ވިދާޅުވީ، މި މައްސަލާގައި އިންޑިއާއަށް ޝަކުވާ ހުށަހަޅާ ދެވަނަ ފަހަރަށް މިފަދަ މައްސަލައެއް ދިމާވިޔަނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެކަން ހިނގި ސަބަބު ލިޔުމުން ހޯދުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ ބުދަ ދުވަހު އިންޑިއާގެ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.

އެއަށްފަހު ބުރާސްފަތި ދުވަހުގެ ރޭވެސް އިންޑިއާ ސިފައިން "މާހޯރަ3" އަށް އަނެއްކާވެސް އަރާ ފާސްކުރި ކަމަށް މަސްވެރިންގެ ޔުނިއަނުން މިއަދު ބުނެފައިވެ އެވެ.

ދޯނިތައް އިންޑިއާ ސިފައިން އެރި މަންޒަރުގެ ވީޑިއޯތަކެއް އެ ޔުނިއަނުން އިއްޔެ އާންމުކޮށްފައިވާއިރު، ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ވީޑިއޯތަކުން ސާފުކޮށް ފެނެ އެވެ.

އެ މައްސަލަ ދޯނިތަކުން ރިޕޯޓު ކުރުމުން ދިވެހި ކޯސްޓް ގާޑުން އެ ސަރަހައްދަށް ދިޔައިރު، އިންޑިއާ ސިފައިން ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މިހާރު ބަލަމުންދާ ކަމަށްވެސް ސިފައިން ބުނެފައިވެ އެވެ.

އަސުރުމާ-3 ދޯނީގެ ފަރާތުން ބުދަ ދުވަހު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު އިންޑިއާ ސިފައިން އެ ދޯނީގައި ހަރަކާތްތެރިވި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox