އަސުރުމާ ދޯންޏަަށް އިންޑިއާ ސިފައިން އެރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީ ސަރުކާރުން އިންޑިއާއާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާފައިވޭ --- ފޮޓޯ: އަދަދު

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން: އެމްޑީޕީ ސަރުކާރުން އިންޑިއާއާ ވަރަށް ގާތް ގުޅުންތަކެއް ބާއްވާފައިވޭ --- ފޮޓޯ: އަދަދު

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑުކަންނެލި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދޫ އަސުރުމާ-3 އަކަށް އިންޑިއާ ސިފައިން އެރިކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ގޮވާލައިފި އެވެ.

އެމްޑީޕީން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަސުރުމާ-3 ދޯންޏަށް ބޭރު ގައުމެއްގެ ސިފައިން އަރާގައި އެ ދޯނީގެ ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް މީޑިއާތަކުގައި ކޮށްފައިވާ ރިޕޯޓުތަކާ ގުޅިގެން އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ.

"މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެމްޑީޕީން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަކަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި އ.ދ މަހިބަދޫ އަސުރުމާ-3 ދޯނީގެ ޖީޕީއެސް ލޮކޭޝަނުން ދައްކާ ގޮތުގައި އެ ދޯނި އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގަ އެވެ. އެ ދޯނީގެ އޮޑިވެރިޔާ ވެސް "އަދަދު"އަށް ބުނީ އޭރު ދޯނި އޮތީ ހދ. ކުޅުދުއްފުއްޓާ ދިމާލުން ބޭރުގައި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ކަމަށެވެ.

އޭނާ ބުނީ އިންޑިއާގެ ދެ މަނަވަރަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ. އެފަހުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އެހެން ދެ ދޯންޏަކަށް ވެސް ހަތިޔާރުއެޅި އިންޑިއާ ސިފައިން އަރައި އެ ދޯނިތަކުގެ ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް އެކްސްގައި ޕޯސްޓުކޮށްފަ އެވެ. ޔޫނިއަނުން ބުނީ ދެން އެރި ދޯނިތަކަކީ ނިރު-7 އާއި މާހޯރަ-3 ކަމަށެވެ.

މިއިން އެއްވެސް މައުލޫމާތެއް އަދި ރަސްމީ މަސްދަރަކުން ކަށަވަރެއް ނުކޮށްދެ އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން މިހާތަނަށް މާ ގިނަ މައުލޫމާތެއް ހާމަނުކުރެ އެވެ. އެންމެ ފަހުން ބުނީ އިންޑިއާ ސިފައިން އެރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓުގާޑު އުޅަނދެއް އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެފަހުން އިތުރު މައުލޫމާތެއް ސިފައިން ހާމަނުކުރެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ރާއްޖޭގެ ހާއްސަ ސަރަހައްދު ބެލެހެއްޓުމުގެ ޒިންމާއަކީ އެމްއެންޑީއެފްއަށް މަތިކޮށްފައިވާ ޒިންމާއެއްކަން ފާހަގަކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox