ރުހުން ނުދިނުމުން އަލުން އައްޔަންކުރި ވަޒީރަށް މަރުހަބާ ކިޔަން ހަފުލާއެއް

ޑރ. ޝަހީމަށް މަރުހަބާ ދަންނަވަން އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާ: މިއީ ޝަހީމް އެ މަގާމަށް އަލަށް އައްޔަނުކުރުން ފާހަގަކުރަން ބޭއްވި ހަފުލާއެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޑރ. ޝަހީމަށް މަރުހަބާ ދަންނަވަން އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާ: މިއީ ޝަހީމް އެ މަގާމަށް އަލަށް އައްޔަނުކުރުން ފާހަގަކުރަން ބޭއްވި ހަފުލާއެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އައްޔަންކުރުމުން އޭނާއަށް މަރުހަބާ ކިޔަން އިސްލާމިކް މިނިސްޓްރީން މިއަދު ހަފުލާއެއް ބާއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކޮށް އަމަލުކުރާ ގޮތާ ތަފާތުކޮށް، މީޑިއާތަކަށް ކުރިން އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ އެ ހަފުލާއަކީ މިނިސްޓްރީގެ މުވައްޒަފުން އަމިއްލަ ގޮތުން އިންތިޒާމްކުރި ހަފުލާއެއް ކަމަށެވެ. މި ޖަލްސާގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އިސްލާމީ މަރުކަޒުގެ އިމާމު ޝައިހު މުހައްމަދު ދީދީ ވެސް އެ ހަފުލާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ހަފުލާގައި ޝަހީމަށް މަރުހަބާ ވިދާޅުވެ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަބްދުލް އަޒީރު އިސްމާއީލް ވިދާޅުވީ އިއްޔެއަކީ އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ހިތާމައިގެ ދުވަހެއް ކަމަށެވެ. އަޒީޒު ވިދާޅުވީ އިއްޔެ އަކީ "ބޮޑު ކާރިސާއެއްގެ ދުވަހެއް" ކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވަން ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ނުދިނުމަށެވެ.

"އިއްޔެއަކީ މިނިސްޓްރީގައި އަޅުގަނޑުމެންގެ ހަޔާތުގައި ކުރިމަތިވި ބޮޑު ކާރިސާއެއްގެ ދުވަހެކޭ އަޅުގަނޑު ދަންނަވާނީ. އެހެން ނަމަވެސް ހަމަ އެޔާ އެކީގައި އުފާ ހާސިލުވެގެން ވެސް ދިޔަ ދުވަހެއް،" އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރު ފެށިގެން އައި އިރު ފާހަގަ ކުރެވުނީ އެހެން ވުޒާރާތަކާއި މުއައްސަސާތަކަށް ނަމޫނާއަކަށް ވާ މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީން ކޮށްފައިވާކަން ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. މިނިސްޓަރަކަށް ޝަހީމް ހުންނަަވައިގެން އެ މިނިސްޓްރީން ދެ މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކަކީ އަހަރު ތަކުން ކުރެވޭ ވަރުގެ މަސައްކަތްތަކެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެެވެ.

"އެހެންވީމާ އެހާ ބޮޑުކުރިއެރުމެއް ހާސިލުވެގެން ދިއުމަކީ އަޅުގަނޑުމެންގެ ބައެއް ފަރާތްތަކަށް އެހާ ފަސޭހަކަމަކަަށް ނުވޭ. އަޅުގަނޑުމެންގެ ގައުމަށް ދީނީ ގޮތުން ރަނގަޅު ކުރިއެރުންތަކެއް، ރަނގަޅު ކާމިޔާބީތަކެއް ލިބިގެން ދިއުމަކީ ދުނިޔޭގެ އެކި ހިސާބުތަކާއި އަދި އަޅުގަނޑުމެންގެ ވެސް ބައެއް ފަރާތްތަކަށް އެހާ ފަސޭހަކަމަކަށް ނުވޭ،" އަޒީޒް ވިދާޅުވި އެެވެ.

އިއްޔެ "ދިމާވި ހާދިސާތަކުން" އެކަން ހާމަވެގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިނިސްޓަރު ޝަހީމަށާއި ރައީސް މުއިއްޒަށް ތައުރީފުކުރައްވައި އޭނާ ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެެވެ.

ޝަހީމަށް މަޖިލީހުން ރުހުން ނުދިނުމުން އަލުން އެ މަގާމަށް އައްޔަން ކުރުން އަޒީރު ސިފަކުރެއްވީ ގައުމު އުފާކުރަން ޖެހޭ ކަމެއްގެ ގޮތުގަ އެވެ.

"މިއީކީ ކޮންމެ ކޮންމެ ތާކު [ކޮންމެ ކޮންމެ ގައުމެއްގައި] ވެގެންދާނެ ގޮތެއް ނޫން. ވަޒީރަަކަށް ހުންނަވާ ބޭފުޅެއް[ގެ] އިތުބާރު ނެތް ކަމަށް ފާސްވެގެން ދިއުމަށް ފަހުގައި އަނެއްކާ ވެސް ހަަމަ އެބޭފުޅަކު އައްޔަން ކުރެއްވުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި އެކަމުން އެނގި ސާބިތުވީ ރައީސް މުއިއްޒު ރާއްޖޭގެ ދީނީ ކަންކަމަށް ދެއްވާ އަހަންމިއްޔަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox