ހުލާސާކޮށް އިއްޔެ: ބީއެމްއެލްގެ ޗެއާމަންއާއެކު ބޯޑުގެ ފަސް ޑިރެކްޓަރުން ވަކިކުރުން

Jan 26, 2024, 1:04 AM
މިދިޔަ އަހަރު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: އަދަދު

މިދިޔަ އަހަރު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރައްވާ ހުރިހާ ނޮން-އެގްޒެކެޓިވް މެމްބަރުން އެ މަގާމުތަކުން ކުއްލިއަކަށް އިއްޔެ ވަކިކުރި އެވެ.

ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލްގެ ބޯޑަށް މެއި 30, 2023 ގައި 10 މެމްބަރުން އައްޔަނުކުރިއިރު އޭގެ ތެރެއިން ހަތް މެމްބަރުންނަކީ ސަރުކާރުން އައްޔަނުކުރި ބޭފުޅުންނެވެ. އަދި, އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރީ ތިން މެމްބަރުންނެވެ.

އޭގެ ތެރެއިން ޗެއާމަންގެ މަގާމުގައި ހުންނެވި ޔޫޝައު ސައީދާއި އަބްދުالله ހަސަން އާއި އަބްދުالله ހުސާމް ޝަރީފް ވަކިކުރި ކަމަށް "އަދަދު" އިން ރިޕޯޓުކޮށްފައި ވަނިކޮށް، ބޯޑުގައި ދެން ތިއްބެވި ނޮން އެގްޒެކްޓވިކް އެހެން މެމްބަރުން ވެސް ކުރިކަން އެނގުނެވެ. އެއީ އާއިޝަތު ސަޖިނީ, ޖުވައިރިއްޔާ ސައީދު އެވެ.

Advertisement

ވަކިނުކުރަނީ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީނެވެ. ދެން ތިއްބަވާނީ ހިއްސާދާރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ތިން މެމްބަރުންނެވެ.

މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް ބޯޑުގެ ހިންގުން ހުއްޓުމަކަށް ގެނުވޭ ގޮތަށް ސަރުކާރުން އަމަލުކުރި ފުރަތަމަ ފަހަރެވެ.

ބީއެމްއެލްގެ ހިންގާ ގަވާއިދުގެ 58 ވަނަ މާއްދާގައި ބުނެފައި ވަނީ ޑިރެކްޓަރުންގެ އަދަދު 8 އަށް ވުރެ މަދުވެއްޖެ ނަމަ ނުވަތަ އިންތިހާބުކޮށްފައިވާ ޑިރެކްޓަރުންގެ އަދަދު 2 އަށްވުރެ މަދުވެއްޖެނަމަ ކުއްލި ހާލަތެއްގައި މެނުވީ ނުވަތަ ކުންފުނީގެ އާންމު ޖަލްސާއަކަށް ގޮވާލުމަށްޓަކައި މެނުވީ ބޯޑުން އެއްވެސް ފިޔަވަޅެއް ނޭޅޭނެ އެވެ.

ވަކިކުރި ފަސް މެމްބަރުންނަކީ ވެސް މިދިޔަ ސަރުކާރުން ބޯޑަށް އައްޔަނުކުރި މެމްބަރުންނެވެ. މިވަގުތު ބޯޑުގައި ތިއްބެވީ ފަސް މެމްބަރުންނެވެ.

މިކަމާ ގުޅޭގޮތުން ބޭންކްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނުވެ އެވެ. އަދި, ސަރުކާރުގެ ބަހެއް ވެސް ލިބިފައި ނުވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް މާލީ އިދާރާ ކަމަށްވާ ބޭންކްގެ ތިން ޑިރެކްޓަރަކު މަގާމުން ވަކިކޮށްފައި މިވަނީ ބޭރުގައި ކިޔަވާ ކުދިންނަށް ކޮންމެ މަހެއްގެ މައްޗަށް ނެގޭ ޑޮލަރުގެ އަދަދު ފެބްރުއަރީން ފެށިގެން މަތި ކުރުމަށް ސަރުކާރުން ނިންމާފައިވާ ގޮތަށް ފެބްރުއަރީން ފެށިގެން 1200 ޑޮލަރަށް ލިމިޓު އުފުލިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ބޭންކަށް ޑޮލަރު ތާށިވެގެން މި މަހުގެ ކުރީކޮޅުން ފެށިގެން ވިޔަފާރިވެރިން ބޭރު ގައުމުތަކަށް ކުރާ ޓީޓީތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ނުލިބެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox