ޒަކާތާ ބެހޭ ހުރިހާ ލިޔުމެއް ހިމެނޭ އޮންލައިން ލައިބްރަރީއެއް ގާއިމުކުރަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު; ޒަކާތާ ބެހޭ ހުރިހާ ލިޔުމެއް ހިމެނޭ އޮންލައިން ލައިބްރަރީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު; ޒަކާތާ ބެހޭ ހުރިހާ ލިޔުމެއް ހިމެނޭ އޮންލައިން ލައިބްރަރީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތާ ބެހޭގޮތުން ލިޔެފައިވާ ހުރިހާ ލިޔުމެއް އެއްތަނަކަށް ޖަމާކޮށް, އޮންލައިން ލައިބްރަރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަލަށް އުފެއްދި ޒަކާތް ހައުސްގެ ވެބްސައިޓް ލޯންޗު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ, ވެބްސައިޓު އިފްތިތާހު ކުރިއަސް, ވެބްސައިޓަށް އަޅަން ޖެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތްތަނުގައި ވެސް އަޅަމުން ގެންދާނެ ކަމަށެވެ.

"އަމާޒަކީ ޒަކާތުގެ ދާއިރާއިން ކުރެވިފައިވާ ތާރީހީ މަސައްކަތްތައް އެއް ތަނަކުން ފެންނަން ހުންނާނެ ގޮތް ހެދުން. އެހެންމަ އިސްލާމިކް މިނިސްޓްރީން ވެސް މީގެ ކުރިން ޒަކާތާ ބެހޭގޮތުން ކުރެވިފައިވާ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ޖަމާ ކުރާނަން," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ދިވެހި ރާއްޖޭގައި ޒަކާތަށް ހާއްސަ އިދާރާއެއް ހުރެ, ޒަކާތުގެ ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށާއި, އެކަންކަމާ ގުޅޭ މައުލޫމާތު އެއްތަން ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިލްމުވެރިންނާއި ސަރުކާރުތަކުން ކޮށްފައިވާ ތަރުތީބު, ހެޔޮ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އެދެނީ ޒަކާތާ ބެހޭ ދާއިރާއިން ފޮތްތައް ލިޔުއްވާފައި, ދިރާސާތައް ޝާއިއު ކުރައްވާފައިވާ ހުރިހާ ބޭފުޅުންގެ ތެރެއިން އެ ބޭފުޅުންގެ ދިރާސާތަކާއި ފޮތްތައް, ވެބްސައިޓުގައި ޕަބްލިޝް ކުރުމަށް ޝައުގުވެރިވާ ބޭފުޅުން އެ ފޮތްތަކާއި ދިރާސާތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ނުވަތަ ޒަކާތު ހައުސްއަށް ހަދިޔާ ކުރެއްވުމަށް" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިފްތިތާހުކުރި ޒަކާތު ހައުސް ވެބްސައިޓު މެދުވެރިކޮށް, ޒަކާތުގެ ނިޒާމަށް ގެނެވޭ ބަދަލުތައް ފެންނަން ހުންނާނެ ކަމަށެވެ. އެ ވެބްސައިޓު ވެގެންދާނީ އިދާރީ ހިދުމަތްތަކާއި ދީނީ ހިދުމަތްތައް ލިބޭ އަދި ދިރާސާ ކުރާ ދަރިވަރުންނަށް ވަރަށް ރަނގަޅު ރިފަރެންސަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox