ވިލިނގިލީ ކުއްޖާ މާލެ ގެނައުން ލަސްވި މައްސަލައިގެ އިންކުއަރީއެއް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުން މިއަދު ބައްދަލުވުމެއް ބާއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މެމްބަރުން މިއަދު ބައްދަލުވުމެއް ބާއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ގއ. ވިލިނގިލީގައި ހާލުބޮޑުވި ކުއްޖަކު މާލެ ގެނައުން ލަސްވި މައްސަލައިގެ އިންކުއަރީ އެއް ހަދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގއ. ވިލިނގިލިން 13 އަހަރުގެ އެ ކުއްޖާ މާލެއަށް ގެނައުން ލަސްވެ، އެރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ. ކުއްޖާ މާލެއަށް ގެނެވުނީ މާލެއަށް ގެންދަން ޑޮކްޓަރުން ލަފާދިންތާ 16 ގަޑި އިރު ފަހުންނެވެ. އެކަމުގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު އާސަންދައިން އިއްޔެ ބުނީ އެކުއްޖާ މާލެއަށް ގެނައުން ލަސްވީ މޯލްޑިވިއަންގެ މަތިންދާބޯޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލާގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކުރީ ކަމާ ބެހޭ އިދާރާތަކާ ސުވާލުކޮށް ފުޅާ ދާއިރާއެއްގައި އިންކުއަރީ އެއް ކުރިއަށް ގެންދާާށެވެ.

ކޮމިޓީން އެ މައްސަލައިގެ އިންކުއަރީއެއް ހަދަން ހުށަަހެޅުއްވީ މަކުނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ އެވެ. ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްވީ އެ ހުށަހެޅުމަށް އިއުތިރާޒް ކުރާ މެމްބަރަކު ނެތުމުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވި ގޮތުގައި އެ ކޮމިޓީން ކުރިިއަށް ގެންދާ އިންކުއަރީގައި އިސްކަންދީގެން ބަލާނެ އެއް ކަމަކީ އިމަޖެންސީ މެޑިކަލް އިވަކުއޭޝަންތަކުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައި އޮތްތޯ ބެލުމަށް ކަމަށެވެ.

"މިގޮތުން ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި މިހާރު މިސަރުކާރުން ޑޯނިއާ އޮޕަރޭޝަންސް ބޭނުންކުރުމަކީ އޮތް ކަމެއްތޯ، ނޫންތޯ ބެލުމާއި ނެތް ނަމަ އޭގެ ބަދަލުގައި ހުށަހެޅިފައިވާ ހިދުމަތަކީ ކޮބައިތޯއާއި އެފަދަ ހިދުމަތެއް ބަދަލުގައި ވޭތޯ [އެބަ އޮތްތޯ] ބެލުން،" ޖީހާން ވިދާޅުވި އެވެ.

ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވީ އިއްޔެ ހެނދުނު އެވެ. ބުދަ ދުވަހުގެ ރޭ ވިލިނގިލީ ހޮސްޕިޓަލްގައި އެޑްމިޓުކުރި ޖާހު މާލެ ގެނެވުނީ ޗާޓަރު ފްލައިޓެއްގައި ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.

ބްރެއިން ޓިއުމަރެއް ވެސް ހުންނަ އެ ކުއްޖާ އަށް ސްޓްރޯކެއްގެ ޖެހި ސިއްހީ ހާލަތު ދަށަށް ދިޔައިރު، މާލެ ގެނައުން ލަސްވެގެން އެރަށުގެ ބަޔަކު ހޮސްޕިޓަލް ކައިރީގައި ބުރާސްފަތި ދުވަހު މުޒާހަރާ ވެސް ކުރި އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ދާއިރު، ކަން ހިނގައި ދިޔަ ގޮތް ހާމަކުރަން އާސަންދައިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ބަލި ކުއްޖާ ކުއްލި ހާލަތުގައި މާލެ ގެނައުމަށް އާސަންދައިގައި އެދިފައި ވަނީ ބުރާސްފަތި ދުވަހުގެ ފަތިހު (ޖެނުއަރީ 18، 2024) 5:03 ގައި ކަމަށެވެ. އެ ހުށަހެޅުން 12 މިނެޓު ތެރޭގައި އެޕްރޫވްކޮށް، އެންމެ އަވަހަށް އޮތް ފްލައިޓަކުން މާލެ ގެނައުމަށް މަސައްކަތް ފެށި ކަމަށް އާސަންދައިން ބުނެ އެވެ.

ނަމަވެސް، މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓެއް އެންމެ އަވަހަަށް އޮތީ ހުކުރު ދުވަހު (ޖެނުއަރީ 19، 2024) ގެ ފަތިހަށް ކަމަށް ވާތީ، އާސަންދައިން ފްލައިޓެއް ޗާޓަރުކުރި އެވެ.

ޗާޓަރު ފްލައިޓު ހަމަޖައްސައި ބަލި ކުއްޖާ މާލެ ގެނެވޭނެ ވަގުތު މޯލްޑިވިއަންއިން އާސަންދައަށް އެންގީ ބުރާސްފަތި ދުވަހުގެ ހެނދުނު 8:57 ގަ އެވެ. އެ ފްލައިޓު ބުރާސްފަތި ދުވަހުގެ މެނދުރު ފަހު 2:55 ގައި ކޫއްޑޫގައި ޖެއްސުމަށް ފަހު، ބަލި ކުއްޖާ ގޮވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ތާވަލުކޮށްފައި އޮތީ ހަވީރު 4:20 ގަ އެވެ.

ބަލި ކުއްޖާ ކޫއްޑޫ އެއަޕޯޓަށް ގެންދިއުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައި ވަނިކޮށް، ލ. ކައްދުއަށް ދާ ފްލައިޓް ކޫއްޑޫއަށް މަޑުކޮށް ބަލި ކުއްޖާ ގޮވައިގެން އާދެވިދާނެ ކަމަށް މޯލްޑިވިއަންއިން އެންގި އެވެ. ނަމަވެސް އެ މަތިންދާ ބޯޓުގައި ބަލި ކުއްޖާ ނުގެނެވުނީ އެންމެ ފަހު ވަގުތު އެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ކޫއްޑޫއަށް ނުދެވިގެން ކަމަށް އާސަންދައިން ބުނެ އެވެ.

އެހެންވެ ޗާޓަރު ފްލައިޓެއް އަލުން ހަމަޖައްސައިގެން އެ ކުއްޖާ މާލެ ގެނެވުނީ ހަވީރު 5:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox