ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދުރާލާ ޓިކެޓް ނެގުމުން މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮވާ ޕްރޮމޯޝަނަލް ފެއާއެއް ފަށައިފި އެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ ޕްރޮމޯޝަނަލް ފެއާގެ ދަށުން މަޑިވަރާއި މާލެ އާއި ދެމެދު އަދި މާލެ އާއި މަޑިވަރާއި ދެމެދު ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 949 ރުފިޔާ ކަމަށެވެ. ޖެނުއަރީ 20، ގެ ފަހުން ޓިކެޓު ނަގާ ޕަސިންޖަރުންނަށް މިފެއާ އިން ޓިކެޓު ލިބޭނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.
އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓުކުރާ މަޑިވަރު އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރެއްގެ އަސްލު އަގަކީ 1377 ރުފިޔާ އެވެ.

މޯލްޑިވިއަން އިން މަޑިވަރަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްދޭ ފެއާ ޕްރޮމޯޢެއް ވަނީ ފަށައިފަ---
އެ ޕްރޮމޯޝަނަލް ފެއާ ޓިކެޓުތައް ލިބޭނީ މޯލްޑިވިއަންގެ މޯބައިލް އެޕް އަދި މޯލްޑިވިއަންގެ ވެބްސައިޓް މެދުވެރިކޮށް) ޓިކެޓް ގަންނަ ފަރާތްތަކަށް އެކަންޏެވެ.

މަޑިވަރު އެއާޕޯޓަކީ ފެބްރުއަރީ 18، 2022 ގައި ހުޅުވި އެއާޕޯޓެކެވެ.
އެ އެއާޕޯޓުގައި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެ އެވެ. މަޑިވަރުގައި ވަނީ 1200 މީޓަރުގެ ރަންވޭއަކާއި ފްލައިޓް ޕާކު ކުރާނެ ސަރަހައްދެއް ވެސް ގާއިމުކޮށްފަ އެވެ.












