ކައުންސިލުގެ ދެ ގޮނޑި ޕީއެންސީއަށް، އެމްޑީޕީއަށް އެއް ގޮނޑި

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި މީހަކު ވޯޓު ދެނީ: މި އިންތިހާބުގައި ޕީއެންސީއަށް ދެ ގޮނޑި ކާމިޔާބުވެފައިވާއިރު، މޭޔަރާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީން -- ފޮޓޯ: އިޔާން/އަދަދު

މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަނުގައި މީހަކު ވޯޓު ދެނީ: މި އިންތިހާބުގައި ޕީއެންސީއަށް ދެ ގޮނޑި ކާމިޔާބުވެފައިވާއިރު، މޭޔަރާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީން -- ފޮޓޯ: އިޔާން/އަދަދު

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެންބަރުންގެ ގޮނޑިތަކަށް މީހުން އައްުޔަންކުރުމަށް ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ކޮންގްރެސް ޕާޓީން ދެ ގޮނޑި އަދި އެމްޑީޕީއިން އެއް ގޮނޑި ކާމިޔާބުކޮށްފި އެވެ.

މިއަދުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. މީގެ ތެރެއިން ކޮންގްރެސް ޕާޓީ (ޕީއެންސީ)އަށް ކާމިޔާބު ކުރެވުނީ ހެންވޭރު ދެކުނާއި މާފަންނު ދެކުނެވެ. އެމްޑީޕީން ކާމިޔާބުކުރީ މެދު ހެެންވޭރެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަނުގެ ނަތީޖާ

  • ހެންވޭރު ދެކުނު ދާއިރާ - އައިމިނަތު އަހުމަދު ރިޝްފާ (ޕީއެންސީ)
  • މެދު ހެންވޭރު ދާއިރާ - އަހުމަދު ރިލުވާން ރަޝީދު (އެމްޑީޕީ)
  • މާފަންނު ދެކުނު ދާއިރާ - ހަސަން ނިޒާމު (ޕީއެންސީ)

މި ގޮނޑިތައް ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ ބޮޑު އަގުލަބިއްޔަތެއް އޮތީ އެ ޕާޓީއަށެވެ. މިހެން ނަމަވެސް މިއަދު ކުރިއަށް ދިޔަ މާލެ މޭޔަރުގެ އިންތިހާބު އެމްޑީޕީގެ ކެނޑިޑޭޓު އާދަމް އާޒިމް ކާމިޔާބުކުރެއްވުމާ ގުޅިގެން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ކައުންސިލުން މަސައްކަތް ކުރަން ޖެހޭނީ އިދިކޮޅު ފިކުރުގެ މޭޔަރެއްގެ ދަށުންނެވެ.

އާޒިމް އިންތިހާބު ކާމިޔާބުކުރެއްވީ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓު އާޒިމާ ޝަކޫރުގެ މައްޗަށް 2595 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox