މަޖިލީހުގެ އިންތިހާބު: ޖުމުލަ 700 ވޯޓު ފޮށި، 30 މީހުން ރެޖިސްޓާކުރާ ރިސޯޓުތަކުގައި ފޮށި ބަހައްޓާނެ

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި މަރުކަޒެއް. މާޗު މަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު އިތުރު ކުރާނެ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި މަރުކަޒެއް. މާޗު މަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު އިތުރު ކުރާނެ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރާއްޖޭގައި އަލަށް ރޯދަ މަހެއްގައި ބާއްވަންޖެހޭ އިންތިހާބަށް ވުމާއެކު ކިޔޫ ދިގުނުވެ ވޯޓުލުން އަވަސް ކުރުމަށްޓަކައި 700 ވަރަކަށް ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ތާވަލްކޮށްފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ދިހައިގެ ތެރެ އެވެ. މީގެ ކުރިން ރާއްޖޭގައި ގައުމީ ފެންވަރެއްގެ އެއްވެސް އިންތިހާބެއް ރޯދަ މަހާ ދިމާވެފައެއް ނެތެވެ. މި އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު 11، ގަ އެވެ.

ހަބީބު "އަދަދު" ނޫހަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތަޖުރިބާއަށް ބަލާއިރު، ވޯޓު ފޮށި ގިނަކޮށް، ފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދު މަދުކުރުމުން ފަސޭހަ ކަމާއެކު، ހަލުވިމިނެއްގައި ވޯޓުލުން ކުރިއަށްދާ ކަމަށެވެ. ރިޔާސީ އިންތިހާބަށް ވުރެ މަޖިލީހުގެ އިންތިހާބަށް ވޯޓު ފޮށީގެ އަދަދު އިތުރުކުރަން ނިންމީ ރޯދަ މަހު ވޯޓުލުން އަވަހަށް ބާރަށް ކުރިޔަށް ގެންގޮސް ނިންމުމަށް ކަމަށާއި މީހުންނަށް އިތުރަށް ފަސޭހަ ކުރުމަށް ކަމަށް ހަބީބު ވިދާޅުވި އެވެ.

Advertisement

"އެވްރެޖްކޮށް ފޮއްޓަކަށް ރެޖިސްޓްރީ ކުރާނީ 500 މީހުން. އެންމެ ގިނަ ވެގެން ވެސް ބައެއް ފޮށިތަކަށް 600 މީހުން،" ހަބީބު ވިދާޅުވި އެވެ.

އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ ޖުމުލަ އަދަދު ފައިނަލް ވާނީ ރީ-ރެޖިސްޓްރޭޝަނަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކާއި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުން

މަޖިލީހުގެ އިންތިހާބުގައި ރާއްޖޭން ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ ދިވެހި އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓު އޮފީހެއް ހުންނަ، އަދި މަދުވެގެން 150 މީހުން ރެޖިސްޓްރީކުރާ ގައުމުތަކުގައި ކަމަށް ހަބީބު ވިދާޅުވި އެވެ. އަދި މަދުވެގެން 30 މީހުން ރެޖިސްޓްރީކުރާ ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ހަދަމުންދާ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބެވިއިރު، އާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވާނެ އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުން ނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox