މޭޔަރު އިންތިހާބަށް ޝައުގު ކުޑަ، ގަޑިއިރަކުން ވޯޓުލީ ދެ ޕަސެންޓު

މޭޔަރު އިންތިހާބުގެ، އިންތިހާބީ މަރުކަޒެއްތެރެ؛ މިހާތަނަށް ވޯޓު ދީފައި ވަނީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ ދެ ޕަސެންޓު ކަމަށް އީސީއިން ބުނޭ -- ފޮޓޯ: އިޔާން/އަދަދު

މޭޔަރު އިންތިހާބުގެ، އިންތިހާބީ މަރުކަޒެއްތެރެ؛ މިހާތަނަށް ވޯޓު ދީފައި ވަނީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ ދެ ޕަސެންޓު ކަމަށް އީސީއިން ބުނޭ -- ފޮޓޯ: އިޔާން/އަދަދު

މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް މިއަދު ބާއްވާ އިންތިހާބުގައި މިހާތަނަށް ވޯޓުދިނީ، ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ދެ ޕަސެންޓުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

މިއަދު 9:00 އާ ހަމައަށް ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 1204 މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެ އެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ އަދަދަކީ 56002 މީހުންނެވެ.

މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި، ވޯޓުލުން ފަށައި ފުރަތަމަ ދެ ގަޑިއިރެއްހާއިރަކީ އެންމެ ގިނަ ބަޔަކު ވޯޓުލާން ނިކުންނަ އެއް ވަގުތެވެ. ރިޔާސީ އިންތިހާބުގައި ވެސް ފުރަތަމަ ދެ ގަޑިއިރު ތެރޭގައި 12 ޕަސެންޓު މީހުން ނިކުމެ ވޯޓު ދިނެވެ.

މާލޭގެ މޭޔަރާއި ސިޓީ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންގެ މަގާމުތަކަށް މީހުން ހޮވުމަށް މިއަދު ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓު ދިނުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ވޯޓުލާ މަރުކަޒުތަކުގައި ޖުމްލަ 58 ވޯޓު ފޮށި ބަހައްޓާފައި ވެއެވެ. މިހާތަނަށް ވޯޓުލާ މަރުކަޒުތައް ފެންނަމުން ދަނީ މީހުން މަދުކޮށެވެ.

މިއަދު ބާއްވާ މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ޖެހި އިރެވެ. ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:00 ޖަހާއިރެވެ.

މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަ ކުރަނީ ފަސް ކެންޑިޑޭޓުންނެވެ. އެއީ:

  • ޝުއައިބު އަލީ (އަމިއްލަ ގޮތުން)
  • ހުސެއިން ވަހީދު (އަމިއްލަ ގޮތުން ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ތާއިދާއެކު)
  • އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
  • އާދަމް އާޒިމް (އެމްޑީޕީ)
  • މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)

މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ވޯޓުލުން މިއަދު ކުރިއަށް ދާނެ އެވެ.

ވޭތުވެތިދަ 24 ގަޑިއިރު މާލެއަށް ވިއްސާރަވެ ގަދަޔަށް ވާރޭ ވެހުނެވެ. އެހެންކަމުން މޫސުން ގޯސްވެދާނެ ކަމަށް ކުރިން ލަފާ ކުރެވިފައި އޮތުމުން، ވޯޓުލުން ނިންމާ ގަޑި ވަނީ ހަވީރު 5:00 އަށް އިތުރުކޮށްފައި ވެއެވެ. ނަމަވެސް މިއަދުގެ މިހާތަނަށް މާލޭގެ މޫސުން ފެންނަނީ ރަނގަޅުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox