ސީޕީއާއި ޕީޖީ ބައްދަލުކޮށް، ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ާއާ ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއުއާ، ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ބައްދަލު ކުރެއްވުމުގެ ތެރެއިން: ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި - ފޮޓޯ: ޕީޖީ އޮފީސް

ާއާ ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއުއާ، ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ބައްދަލު ކުރެއްވުމުގެ ތެރެއިން: ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި - ފޮޓޯ: ޕީޖީ އޮފީސް

އާ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއާ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ބައްދަލުކުރައްވައި ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ގުޅޭ ގޮތުންނާއި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ އެކި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި ބައްދަލުވުމުގައި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހުމޫދު ސަލީމާއި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް އަލީ ސަމީރާއި، ދެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ބައްދަލުވުމުގައި ކުރެއްވި އެއް މަޝްވަރާއަކީ ކުށް ކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ. އަދި ކުށުގެ ޝިކާރައަށްވާ މީހުންނަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއުގެ ފަރާތްޕުޅުން މަސްތުވާތަކެތި ބޭނުންކުރާ މީހުނާއި، އެ ތަކެތީގެ ވިޔަފާރި ކުރާ މީހުންގެ އިތުރަށް ގޭންގުތަކުން ހިންގާ ކުށުގެ އަމަލުތައް ހުއްޓުވަން ފުލުހުންގެ މުއައްސަސާއިން ހިންގަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތުތައް ޕީޖީ އޮފީހަށް ހިއްސާ ކުރެއްވި ކަމަށް ބުންޏެވެ.

މީގެ އިތުރުން، މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކުރިއަށް ދާނެ ގޮތްތަކެއް ކަނޑައެޅުނު ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox