ދުނިޔޭގެ ހުރިހާ ގައުމެއްގެ ގޫގުލް ސާޗް ޓްރެންޑުގައި ލަކްޝަދީޕަށްވުރެ ރާއްޖެ ކުރީގައި

ދުނިޔޭގެ ހުރިހާ ގައުމެއްގެ ގޫގުލް ސާޗް ޓްރެންޑުގައި ލަކްޝަދީޕަށްވުރެ ރާއްޖެ ކުރީގައި

ރާއްޖެއާ ދެކޮޅަށް އިންޑިއާއިން އެންޓި ކެމްޕޭނު ކުރަމުންދިޔަ ނަމަވެސް ފާއިތުވި 24 ގަޑިއިރުތެރޭގައި މުޅި ދުނިޔޭގެ ގޫގުލް ސާޗް ޓްރެންޑުގައި އިންޑިއާގެ ލަކްޝަދީޕުގެ މައްޗަށް ރާއްޖެ ކުރި ހޯދައިފި އެވެ.

ގޫގުލް ޓްރެންޑްސްއިން ދައްކާ ގޮތުގައި ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލައި ކެމްޕޭނެއް ކުރަމުންދާ އިންޑިއާގެ ގޫގުލް ސާޗް ޓްރެންޑުގައި ވެސް ރާއްޖެ އުޅެނީ ކުރީގަ އެވެ. ފާއިތުވި 24 ގަޑިއިރުގެ އިންޑިއާގެ ސާޗް ޓްރެންޑުގައި ރާއްޖެ އާއި ލަކްޝަދީޕް އަޅައިކިޔާލުމުން ރާއްޖެއަށް ލިބެނީ 54 ޕަސެންޓެވެ. ލަކްޝަދީޕަށް ލިބެނީ 46 ޕަސެންޓެވެ.

ފާއިތުވި 24 ގަޑިއިރު ދުނިޔޭގެ ގޫގުލް ޓްރެންޑްސްގައި ރާއްޖެއާއި ލަކްޝަދީޕް އަޅާ ކިޔާލުމުން ފެންނަ ނަތީޖާ. ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތް ކުލައިން)
ފާއިތުވި 24 ގަޑިއިރު ދުނިޔޭގެ ގޫގުލް ޓްރެންޑްސްގައި ރާއްޖެއާއި ލަކްޝަދީޕް އަޅާ ކިޔާލުމުން ފެންނަ ނަތީޖާ. ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތް ކުލައިން)

ފާއިތުވި 24 ގަޑިއިރު ދުނިޔޭގެ ގޫގުލް ޓްރެންޑްސްގައި ރާއްޖެއާއި ލަކްޝަދީޕް އަޅާ ކިޔާލުމުން ފެންނަ ނަތީޖާ. ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތް ކުލައިން)

Advertisement

ފާއިތުވި ހަތް ދުވަހުގެ ޑޭޓާއަށް ބަލާއިރު ވެސް މުޅި ދުނިޔެއިން ރާއްޖެއަށްވުރެ ގިނައިން ލަކްޝަދީޕް ސާޗް ކޮށްފައި ވަނީ ހަމައެކަނި އިންޑިއާއިންނެވެ. އިންޑިއާގެ ސާޗް ޓްރެންޑުގައި ރާއްޖެ އާއި ލަކްޝަދީޕް އަޅައިކިޔާލުމުން ލަކްޝަދީޕަށް 51 ޕަސެންޓު ލިބޭއިރު، ރާއްޖެއަށް 49 ޕަސެންޓު ލިބެ އެވެ.

ފާއިތުވި ހަތް ދުވަހުގެ ދުނިޔޭގެ ގޫގުލް ޓްރެންޑްސްގައި ރާއްޖެއާއި ލަކްޝަދީޕް އަޅާ ކިޔާލުމުން ފެންނަ ނަތީޖާ، ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތްކުލައިން)
ފާއިތުވި ހަތް ދުވަހުގެ ދުނިޔޭގެ ގޫގުލް ޓްރެންޑްސްގައި ރާއްޖެއާއި ލަކްޝަދީޕް އަޅާ ކިޔާލުމުން ފެންނަ ނަތީޖާ، ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތްކުލައިން)

ފާއިތުވި ހަތް ދުވަހުގެ ދުނިޔޭގެ ގޫގުލް ޓްރެންޑްސްގައި ރާއްޖެއާއި ލަކްޝަދީޕް އަޅާ ކިޔާލުމުން ފެންނަ ނަތީޖާ، ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތްކުލައިން)

އިންޑިއާ ފިޔަވައި އެހެން ހުރިހާ ގައުމެއްގެ ސާޗް ޓްރެންޑުގައި ރާއްޖެއާ ލަކްޝަދީޕް އަޅާ ކިޔާއިރު، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި 40 ޕަސެންޓަށްވުރެ މަތި ލަކްޝަދީޕަށް ހޯދިފައެއް ނުވެ އެވެ.

އެއާ ހިލާފަށް އިޓަލީ އާއި ރަޝިޔާއާއި ސްޕެއިންގެ އިތުރުން ޖަރުމަނާއި ފްރާންސް ފަދަ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ވިލާތު ގައުމުތަކުގެ ގޫގުލް ސާޗް ޓްރެންޑުގައި ރާއްޖެ އުޅެނީ 98 ޕަސެންޓަށް ވުރެ މަތީގަ އެވެ.

ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާގެ ގޫގުލް ސާޗް ޓްރެންޑުގައި ރާއްޖެ އުޅެނީ 91 ޕަސެންޓުގަ އެވެ.

ގޫގުލް ޓްރެންޑްސް ތައާރަފުވީންސުރެއް މިއަދާ ހަމައަށް ވެސް ލަކްޝަދީޕްއަށް ރާއްޖޭގެ މައްޗަށް އެއްވެސް އިރެއްގައި ކުރި ހޯދިފައެއް ނުވެ އެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު މައްސަލަ އުފެދި ހޫނުވެގެން ދިޔައީ، އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4، ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެންނެވެ.

"މިސްޓަ ސިންހާ" ގެ ނަމުގައި އުފައްދާފައިވާ އެކްސްގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ މޯދީ ލަކްޝަދީބު ޕްރޮމޯޓު ކުރުމަކީ އެޅުއްވި މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތީ ޗައިނާގެ ޕަޕެޓު ސަރުކާރެއް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓަށް ރައްދެއްގެ ގޮތުގައި ޔޫތު މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި، ޝިއުނާ ކުރެއްވި ޕޯސްޓުގައި މޯދީ އަކީ "ކްލައުނެއް" ކަމާއި އިޒްރޭލުގެ "ޕަޕެޓެއް" ކަމަށް ވިދާޅުވެފައިވެ އެވެ. އެ ޕޯސްޓާ ގުޅިގެން ޝިއުނާ އަށް އޮއްސައިލި ފާޑުކިޔުމާ ގުޅިގެން ފަހުން ޕޯސްޓް ވެސް ޑިލީޓުކުރެއްވި އެވެ. ހަމަ އެ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މަލްޝާ ވެސް އިންޑިއާއާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުޓުތައް ވެސް ފާޑުކިޔުން އަމާޒުވުމުން ފަހުން ޑިލީޑް ކުރެއްވީ އެވެ.

ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުން ރާއްޖެއާއި ލަކްޝަދީޕް ސާޗް ކޮށްފައި ހުރި މިންވަރު ދައްކުވައިދޭ ޗާޓެއް، ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތް ކުލައިން)
ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުން ރާއްޖެއާއި ލަކްޝަދީޕް ސާޗް ކޮށްފައި ހުރި މިންވަރު ދައްކުވައިދޭ ޗާޓެއް، ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތް ކުލައިން)

ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުން ރާއްޖެއާއި ލަކްޝަދީޕް ސާޗް ކޮށްފައި ހުރި މިންވަރު ދައްކުވައިދޭ ޗާޓެއް، ރާއްޖެ (ނޫކުލައިން) ލަކްޝަދީޕް (ރަތް ކުލައިން)

މި މައްސަލައިގައި އެކްސްގައި އުފެދުނު "ހަނގުރާމަ" ގޯސްވެގެން ދިޔައީ ބޮއިކޮޓްމޯލްޑިވްސް ކެމްޕޭނުގައި އިންޑިއާގެ ފިލްމީ ތަރިންނާއި ކުޅިވަރު ޝަހުސިއްޔަތުން ބައިވެރިވާން ފެށި ހިސާބުންނެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެކަމަށް ވިޔަސް، މަޝްހޫރު ފިލްމީތަރިންތަކެއް އިއްޔެ ގޮވާލީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި ލަކްޝަދީޕް ހިޔާރު ކުރުމަށެވެ. އެ ކެމްޕޭނުގައި އަކްޝޭ ކުމާރާއި ސަލްމާން ހާން އާއި ޝްރައްދަ ކަޕޫރާއި ޖޯން އަބްރަހަމާއި ޓައިގާ ޝްރޮފް އެކްސްގައި ޕޯސްޓު ކުރި އެވެ. އަދި މުޅި ދުނިޔެއަށް ވެސް މަޝްހޫރު ކްރިކެޓު ތަރި ސަޗިން ޓެންޑުލްކާ ވެސް ވަނީ އެފަދަ ބައިވެރިވެފަ އެވެ.

އެ ކެމްޕޭނާއެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ އެމްބަސެޑަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އޮފީހަށް އިއްޔެ ހެނދުނު ހާޒިރުކޮށްފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ އެމްބަސެޑަރު ވެސް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރީއަށް އިއްޔެ މެންދުރު ހާޒިރުކޮށްފަ އެވެ. ނަމަވެސް އެ ދެ ބައްދަލުވުމުގެ ތަފުސީލެއް މިހައިތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox