ކޮމިޝަނަރު ޝުޖާއު، ރާއްޖޭގެ ފުރަތަމަ ސީޕީ އާދަމް ޒާހިރުއާ ބައްދަލުކުރައްވައިފި

Jan 8, 2024, 11:57 AM
އާދަމް ޒާހިރުއާ ޝުޖާއު ސަލާމް ކުރައްވަނީ.

އާދަމް ޒާހިރުއާ ޝުޖާއު ސަލާމް ކުރައްވަނީ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެ އިސްވެރިޔާ ކަމަށްވާ, ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ފުލުހުން އުފެދިގެން އެންމެ ފުރަތަމަ ކޮމިޝަނަރުގެ މަގާމަށް ވަޑައިގެންނެވި އާދަމް ޒާހިރުއާ ބައްދަލުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ އާދަމް ޒާހިރުއާ ސަލާމް ކުރައްވައި ވާހަކަ ދައްކަވާ ފޮޓޯތައް ހިއްސާކުރައްވާފަ އެވެ. އަދި, އެއީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.

"އާދަމް ޒާހިރަކީ ފުލުހުންގެ ހިދުމަތް ފަށައި ފުލުހުންގެ ތެރެއިން ފާހަގަކުރެވޭ ޝަހުސިއްޔަތެއް. އަޅުގަނޑު ފުލުހުންގެ ހިދުމަތާ ގުޅުމަށް އާދަމް ޒާހިރުގެ ފަރާތުން ހިތްވަރުލިބުނު," ޝުޖާއު ވިދާޅުވެފައިވެ އެވެ.

އާދަމް ޒާހިރަކީ އެންމެ ފުރަތަމަ ސިފައިންގޭގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ ނޮވެމްބަރު 12, 1978 ގަ އެވެ. ފުލުހުންގެ ހިދުމަތް ސިފައިންގޭގެ ތެރޭގައި އޮއްވައި އޭނާ ކޮމިޝަނަރަކަށް ރަސްމީކޮށް ހަމަޖެއްސީ ޖެނުއަރީ 6, 1996 ގަ އެވެ.

ސިފައިންނާއި ފުލުހުންނަކީ ވަކި ދެ މުއައްސަސާއެއް ކަމުގައި ހަމަޖެއްސުމާ އެކު ސެޕްޓެމްބަރު 1, 2004 ގައި ސިފައިންގެއިން އޭނާ ރިޓަޔާ ކުރެއްވި އެވެ. އެއަށްފަހު ނޮވެމްބަރު 18, 2008 ގައި ރިޓަޔާ ކުރައްވަން ދެން އޭނާ ހުންނެވީ ޕޮލިސް ކޮމިޝަނަރުގެ މަގާމުގަ އެވެ.

ކަސްޓޯޑިއަލް ޖަލުތަކުގައި މީހުންނަށް އަނިޔާ ކުރުމުގެ ސަގާފަތެއް ފުލުހުންގެ ތެރޭގައި އާލާވެގެންދިޔައީ އޭނާގެ ކޮމިޝަނަރަކަށް ހުންނެވިއިރު އެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތައް ވެސް އޭރުގެ ސަރުކާރަަށާއި އާދަމް ޒާހިރަށް އަމާޒުވި އެވެ.

އޭރު ވެރިކަން ބަދަލުވުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނަށް ވެސް އާދަމް ޒާހިރުގެ ކޮރަޕްޝަން މައްސަލަތަކެއްގައި ހާޒިރުކުރި އެވެ. އޭނާއަކީ 30 އަހަރުގެ ދިގު ވެރިކަމެއް ރާއްޖޭގައި ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެކެވެ.

އެގޮތުން, 2006 ގައި "އައްޑުވަސް" މަޖައްލާއިން ފަޅައިއަރުވާލި ކޮރަޕްޝަންގެ މައްސަލައެއްގައި ވެސް އޭނާގެ ނަން ހިމެނުނެވެ. އެއީ މައުމޫންގެ އަރިސް ބަޔަކަށް އެމަނިކުފާނު ދިން ޖުމުލަ 8.7 މިލިއަން ރުފިޔާގެ ލޯނުތަކާ ގުޅޭ މައްސަލައެކެވެ.

އާދަމް ޒާހިރުގެ މައްޗަށް އެޕްްރީލް 2013 ގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް އެދުނެވެ. އެއީ ފުލުހުންގެ ބަޖެޓުން 65,817ރ. އޭނާގެ އަމިއްލަ ބޭނުމަށް ހަރަދުކުރި ކަމުގެ ތުހުމަތުގަ އެވެ.

ކުރީގެ ރަައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އާދަމް ޒާހިރަށް ވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް އަރުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox