ކޭލަކުނު ހިމާޔަތްކޮށްފައި ބޭއްވުމަށް އިކޯކެއާ އިން ގޮވާލައިފި

ކޭލަކުނުގެ ބިޔަ ގަސްތަކުގެ ތެރެއިން؛ ކޭލަކުނު ޕްރޮޖެކްޓާ ދެކޮޅަށް އީކޯ ކެއާ އިން އަނެއްކާ ވެސް އަޑު އުފުލައިފި - ފޮޓޯ: ޝުރާއު

ކޭލަކުނުގެ ބިޔަ ގަސްތަކުގެ ތެރެއިން؛ ކޭލަކުނު ޕްރޮޖެކްޓާ ދެކޮޅަށް އީކޯ ކެއާ އިން އަނެއްކާ ވެސް އަޑު އުފުލައިފި - ފޮޓޯ: ޝުރާއު

ރާއްޖޭގެ ހަމައެކަނި "ޓްރޫ ފޮރެސްޓް"، ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ސަރަހައްދު އޮންނަ ރަށް ކަމުގައިވާ ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކުރުމުގެ ޕްރޮޖެކްޓެއް ހިންގާތީ ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިކޯކެއާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކޭލަކުނަކީ ގައުމީ ތަރިކައެއް ގޮތުގައި ހިމާޔަތް ކޮށްފައި އޮންނަން ޖެހޭ ރަށެއް ކަމަށެވެ. 'ބަޔޮސްފެއާ ރިޒާވް" ގެ ގޮތުގައި އެ ރަށް ކަނޑައަޅައި، ވީހާވެސް ބޮޑަކަށް މީހުން އެ ތަނަށް ވަދެ ނުކުމެ ބޭނުުން ކުރުން މަދުކުރުމަށް ވެސް އެ ޖަމިއްޔާއިން ބާރު އަޅަ އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމުގެ މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް އަންޑަ ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުން ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވިސްނަނިީ ފަޅުތެރޭގައި ފްލޯޓިން ވިލާތައް އަޅަން ކަމަށެވެ.

"މި ރަށުގެ ފަރުތަކާއި މުރަކަތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަށް މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްސްތަކެއް އެޅޭނެ ގޮތެއް އޮއްތޯ ބަލައި، އެކަން ކުރެވޭނެ ގޮތެއް އޮއްތޯ ބަލައި ދިރާސާކުރަން ވިޒިޓާ އިކޮނޮމިކް ކައުންސިލުގެ މަޝްވަރާގައި ވަނީ ނިންމާފަ،" އޭނާ ވިދާޅުވި އެވެ.

ތިމާވެއްޓާ ރައްޓެހި ވިޒިޓާ ސެންޓަރެއް ގާއިމުކުރުމާއި އަދި ރަށުގެ ތާރީހާއި ރަށުގައި ހުރި ތާރީހީ ތަންތަނުގެ މައުލޫމާތު ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ވިސްނާފައިވެ އެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ކޭލަކުނު ޓޫރިޒަމަށް ހުޅުވާލުމުން އީކޯ ކެއާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ކަނޑޫފަލާއި ޗަކަ ބިމުގެ ވަސީލަތްތަކުން ވެސް މުއްސަނދި އެ ރަށް ހިމާޔަތް ކުރުމަށް އެ ފަހަރު ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލައިފައިވެ އެވެ.

ކޭލަކުނު އީކޯ ޓުއަރިޒަމަށް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އުތުރުގެ ސަރަހައްދަކީ ޓުއަރިޒަމްގެ ވިޔަފާރި އެންމެ ދަށް އެއް ސަރަހައްދެވެ. ހއ. އަތޮޅުގައި ދެ ރިސޯޓެއް އޮޕަރޭޓް ކުރާއިރު ހދ. އަތޮޅުގައި ރިސޯޓެއް ނެތެވެ. އެ ސަރަހައްދުގައި ޓުއަރިޒަމް ފުޅާކުރުމަށް ހދ. ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމަށް މަޝްރޫއެއް މިދިޔަ ސަރުކާރުން ފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox