މިއަހަރުގެ ޅެންވެރިންގެ ދުވަސް މަރުހޫމް މުހައްމަދު ނަސީރުގެ ހަނދާނަށް ހާއްސަ ކުރަނީ

ގައުމީ މުބާރާތަކުން އެއްވަން ހާސިލު ކުރެއްވުމުން އޭރުގެ ރައީސް މައުމޫންގެ އަތްޕުޅުން ނަސީރަށް އިނާމު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ލިޔުންތެރިންގެ ގުޅުން

ގައުމީ މުބާރާތަކުން އެއްވަން ހާސިލު ކުރެއްވުމުން އޭރުގެ ރައީސް މައުމޫންގެ އަތްޕުޅުން ނަސީރަށް އިނާމު ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ލިޔުންތެރިންގެ ގުޅުން

މިއަހަރުގެ ޅެންވެރިންގެ ދުވަސް މަޝްހޫރު ޅެންވެރިޔާ، މަރުހޫމް މުހައްމަދު ނަސީރުގެ ހަނދާނަށް ހާއްސަކޮށްގެން އޭނާގެ އުފަން ރަށުގައި ފާހަގަ ކުރުމަށް ލިޔުންތެރިންގެ ގުޅުމުން ނިންމައިފި އެވެ.

ކޮންމެ އަހަރަކުވެސް ލިޔުންތެރިންގެ ގުޅުމުން އިސްނަގައިގެން ފާހަގަކުރާ ޅެންވެރިންގެ ދުވަހުގެ މިއަހަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އއ. މާޅޮހު ކައުންސިލާއި އެރަށު ސްކޫލުގެ އިތުރުން ބައެއް މުއައްސަސާތައް ގުޅިގެންނެވެ.

މިމަހު 15 ގައި ފާހަގަ ކުރާ މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި އއ. އަތޮޅުގެ ސްކޫލްތަަށާއި އާންމުންނަށް ހުޅުވާލައިގެން ޅެންވެރިކަމާ ގުޅުންހުރި ބައެއް މުބާރާތްތައް ވެސް ބޭއްވުމަށް ހަމަޖެހިފައި ވާކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެ އެވެ.

މުހައްމަދު ނަސީރުއަކީ ޅެންވެރިކަމުގެ ރޮނގުން ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ މޮޅު ޅެންވެރިއެކެވެ. ޅެންވެރިކަމުގައި ނަސީރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ މަދަހަ އާއި ސަނާ އާއި ދުއާގެ ރޮނގުންނެވެ. އޭގެއިތުރުން, ތަފާތު އެހެން ދައިރާތަކުން ވެސް އޭނާ ވަނީ މޮޅު ޅެންތަކެއް ހައްދަވައިފަ އެވެ.

ނަސީރު ވަނީ ޅެން މުބާރާތްތަކުން ރަންވަނަތަކެއް ތަކުރާރުކޮށް ހޯއްދަވައިފަ އެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ލިޔުންތެރިންގެ ގުޅުމުން ހުޅުވައިލި "ޅެންވެރިޔާ 2024" މުބާރާތުގެ ނަތީޖާ ފާޅު ކުރުމާއި ލިޔުންތެރިންގެ ގުޅުމުން ޝާއިއު ކުރާ "ޅެންވެރިޔާ: ގެ އަށްވަނަ އަދަދު ނެރުން އޮންނާނެ އެވެ.

އޭގެއިތުރުން އެ ރަސްމިއްޔާތުގައި މަރުހޫމް ނަސީރުގެ މަދަހަ ފޮތެއް ވެސް ނެރުމަށް ހަމަޖެހިފައި ވާކަމަށް ލިޔުންތެރިންގެ ގުޅުމުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox