ވެރި ރަށް މާލޭގެ މަޖިދީ މަގުގައި ހުންނަ ޒިކުރާ މިސްކިތައް މީހަކު ކުކުޅު ބިސް ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށެވެ.
"މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ދެނެގަނެވިފަ، މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ބިސް ޖަހާފައި ހުރިތަން ފެނުނީ ފަތިސް ނަމާދަށް އެ މިސްކިތައް ދިޔަ ބަޔަކަށެވެ.
މާލޭގެ މިސްކިތްތައް ބަލަހަށްޓަނީ ސިޓީ ކައުންސިލުންނެވެ. އެގޮތުން މިސްކިތްތަކުގައި މިހާރު ވަނީ ކެމެރާ ހަރުކޮށްފައިވާއިރު އެ ކެމެރާތަކުގެ ރެކޯޑިން ބަލަހައްޓަ އެވެ. އެކި މައްސަލަ ތަކުގައި ފުލުހުންނަށް އެ ކެމެރާތަކުގެ ރެކޯޑިން މީގެ ކުރިން ވެސް ދީފައިވެ އެވެ.













