ހުޅުމާލެ ބެލެހެއްޓުމާއި މުނިސިޕަލް މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށްފި

ހުޅުމާލެ ބެލެހެއްޓުމާއި މުނިސިޕަލް މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށްފި

އާބަންކޯގެ ދަށުން ހިންގަމުން އަންނަ ހުޅުމާލެ ބެލެހެއްޓުމާއި އެ ރަށުގެ މުނިސިޕަލް މަސައްކަތް މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން ހުޅުމާލޭގެ މުނިސިޕަލްޓީގެ އެންމެހޭ މަސައްކަތެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުވާނެ ކަމަށެވެ. އެގޮތަށް ނިންމީ މިއަދު ވަޒީރުންގެ ކެބިނެޓުގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައިވާ ގޮތަށް، ހުޅުމާލޭގެ މުނިސިޕަލް ސާވިސްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަށް މިއަދު ކެބިނެޓުގައި ބޭއްވި ބައްދަލުވުމުގައި ނިންމައިފިން. އެކަމަށް ބޭނުންވާ އިންތިޒާމުތައް މާދަމާއިން ފެށިގެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާބަންކޯގެ ދަށުގައި މިވަގުތު ހުރި މުނިސިޕަލް ބިންތަކާއި މުވައްޒަފުންނާއި އެހެނިހެން ތަކެތި އެއް މަސް ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރެވޭނެ ކަމަށެވެ.

"މުނިސިޕަލް ބިންތަކާއި ސާމާނާއި މެޝިނަރީސް އާއި މުވައްޒަފުން އަދި އެހެނިހެން ތަކެތި މާލޭ ސިޓީ ކައުންސިލަށް އެއް މަސް ދުވަހުގެ ތެރޭގައި ބަދަލު ކުރެވޭނެ. ހުރިހާ މުވައްޒަފުންނަށް މިހާރު ލިބެމުން އަންނަ މުސާރަ އާއި އިނާޔަތްތައް އެއް އަހަރު ދުވަހަށް ލިބޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ހުޅުމާލެއަކީ މާލެ ސިޓީގެ ބައެއް ނަމަވެސް މިހާތަނަށް އެ ރަށް ބަލަހައްޓަމުންދިޔައީ އާބަންކޯއިންނެވެ. އާބަންކޯއަކީ ސަރުކާރުގެ ކުންފުންޏެވެ. މާލޭ ސިޓީ ކައުންސިލުގެ ދަށަށް ހުޅުމާލެ ބެލެހެއްޓުން ބަދަލު ކުރުމަށް މީގެ ކުރިން ވެސް އެ ކައުންސިލް މަސައްކަތް ކުރި އެވެ. ނަމަވެސް ކުރީ ސަރުކާރުން ނިންމީ، އަބަދުވެސް ހުޅުމާލެ ހިންގަމުން އައި ގޮތަށް އާބަންކޯގެ ދަށުން ހިންގުމަށެވެ.

އެ މައްސަލަގަނޑުގެ ތެރޭގައި ޑިސެމްބަރު، 2021، ގައި އާބަންކޯގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ބިމެއްގެ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލު ކުރި އެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުން އެންގީ ރަޖިސްޓްރީތައް ބާތިލް ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރުމަށެވެ.

ހުޅުމާލޭގެ މުނިސިޕަލް މަސައްކަތް އާބަންކޯއިން އަތުލުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއީ ސަރުކާރާ ހަވާލުވެވަޑައިގަންނަވާތާ 100 ދުވަހުގެ ތެރޭގައި ފުއްދަން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox