ފުރަތަމަ ފަހަރަށް ސަރުކާރުގެ ސެކިއުރިޓީޒް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފި

ފުރަތަމަ ފަހަރަށް ސަރުކާރުގެ ސެކިއުރިޓީޒް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރުން ފާހަގަކުރުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ފިނޭންސް މިިނިސްޓްރީ

ފުރަތަމަ ފަހަރަށް ސަރުކާރުގެ ސެކިއުރިޓީޒް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރުން ފާހަގަކުރުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު --- ފޮޓޯ: ފިނޭންސް މިިނިސްޓްރީ

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ބޮންޑެއް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކުރުމަށް މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ 50 މިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑެއް ދޫކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިއީ މިނިސްޓްރީގެ މީޑިއަމް ޓާމް ޑެޓް މެނޭޖްމަންޓް ސްޓްރެޓެޖީގައި ބަޔާންކޮށްފައިވާ މަގުސަދުތަކާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ސަރުކާރުގެ ސެކިއުރިޓީޒް ސެކަންޑަރީ މާކެޓުން ގަނެ ވިއްކުމުގެ މަގު ފަހިވެގެންދާނެ އެވެ.

އެ ތާރީހީ ހަރަކާތް ފާހަގަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ހަރަކާތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މަންދޫބުން ބައިވެރިވެފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ މި ލިސްޓިން އަކީ ޑޮމެސްޓިކް ސެކިއުރިޓީޒް މާކެޓް ތަރައްގީކުރުމާ ދިމާލަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޑޮމެސްޓިކް ސެކިއުރިޓީޒް މާކެޓް ތަރައްގީކުރުމުގެ ލަނޑުދަނޑި ހާސިލުކޮށް، ރާއްޖޭގައި ލިކުއިޑް އަދި އެކްޓިވް ސެކަންޑަރީ މާކެޓެއް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ދޫކުރި ޓްރެޝަރީ ބޮންޑް ދޫކޮށްފައިވަނީ އަހަރަކު 5.5 ޕަސެންޓްގެ ކޫޕަން ރޭޓަކުންނެވެ. މި ބޮންޑުގެ މެޗުއިރިޓީ މުއްދަތަކަށް ޑިސެމްބަރު 2028 އަށް ކަނޑައަޅާފައިވާއިރު ބޮންޑަކަށް 1،000ރ. ގެ ރޭޓުން ޖުމްލަ 50،000 ބޮންޑް ވަނީ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ދިގުމުއްދަތުގެ ޓްރެޝަރީ ބޮންޑް ލިސްޓްކުރުމާއި ސެކަންޑަރީ މާކެޓުގައި ވިޔަފާރި ކުރުމަށް މަގުފަހިކުރުމަކީ ދިވެހި މާލީ ބާޒާރު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ. އަދި އެތެރޭގެ މާކެޓް ތަރައްގީ ކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކުރު މުއްދަތާއި ދިގު މުއްދަތުގެ ސެކިއުރިޓީޒް މާކެޓަށް ނެރުމަށް ރާވާފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox