ބަޖެޓަށް ފައިސާ ހަމަޖައްސަން 2.9 ބިލިއަން ރުފިޔާގެ ޓީ ބިލު ވިއްކަން އިއުލާނުކޮށްފި

ބަޖެޓަށް ފައިސާ ހަމަޖައްސަން 2.9 ބިލިއަން ރުފިޔާގެ ޓީ ބިލު ވިއްކަން އިއުލާނުކޮށްފި

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 2.9 ބިލިއަން ރުފިޔާގެ ޓީ ބިލު ވިއްކަން އިއުލާނުކޮށްފި އެވެ.

ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރައި ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ. ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ޓީ ބިލް ވިއްކުމަށް ކޮންމެ ހަފުތާއަކު އެއްފަހަރު ހުޅުވައިލަ އެވެ.

އާންމު ގޮތެއްގައި ޓީ ބިލް ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހު ހަތަރު ޓީބިލެއް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޓީބިލްތަކުގެ ޖުމުލަ އަގަކީ 2.9 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ސަޕްލިމެންޓަރީ ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާގެ ތެރެއިން އެތެރޭގެ ބާޒާރުން ތިން ބިލިއަން ރުފިޔާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބަޖެޓަށް ބޭނުންވާ ބާކީ ހަމަޖައްސާނީ އިގުތިސޯދު ކުރުމާއި ހަރަދުތައް ފަސްކުރުމުގެ ތެރެއިންނެވެ.

އާދީއްތަ ދުވަހު ވިއްކަން ނިންމާފައިވާ ޓީބިލްތަކުގެ ތަފުސީލު:

  • 1.1 ބިލިއަން ރުފިޔާގެ ޓީބިލް: %3.5 އިންޓަރެސްޓުގައި 28 ދުވަސް ތެރޭ އަނބުރާ ދައްކަންޖެހޭ
  • 263.4 މިލިއަން ރުފިޔާގެ ޓީބިލް: %3.8 އިންޓަރެސްޓްގައި 98 ދުވަހުން ތެރޭ އަނބުރާ ދައްކަންޖެހޭ
  • 79 މިލިއަން ރުފިޔާގެ ޓީބިލް: %4.23 އިންޓަރެސްޓްގައި 182 ދުވަސް ތެރޭ އަނބުރާ ދައްކަންޖެހޭ
  • 995.5 މިލިއަން ރުފިޔާގެ ޓީބިލް: %4.6 އިންޓަރެސްޓްގައި 364 ދުވަސް ތެރޭ އަނބުރާ ދައްކަންޖެހޭ

ކޭޝް ފްލޯ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް އަހަރެއްގެ މައްޗަށް ވިއްކޭނެ ޓީބިލުގެ އަދަދު ބަޖެޓާއެކީ އޮންނަނީ ފާސްކޮށްފަ އެވެ. ޓީބިލުތައް ވިއްކައިގެން ގިނަފަހަރު ހަމަޖައްސަނީ ކުރިން ވިއްކާފައި ހުންނަ ޓީބިލުތަކަށް ދައްކަންޖެހޭ ފައިސާ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވިއްކައި އަދި ފައިސާ ދައްކާފައި ނުވާ ސެކިއުރިޓީޒްގެ ޖުމުލަ 76.7 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. އޭގެ ތެރޭގައި ފައިސާ ނުދައްކާ 39.6 ބިލިއަން ރުފިޔާގެ ޓީބިލް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox