ހުލާސާކޮށް އިއްޔެ: އެޗްޕީއޭގެ ހާއްސަ އިލްތިމާސްއެއް

Dec 25, 2023, 2:51 AM
ހުލާސާކޮށް އިއްޔެ: އެޗްޕީއޭގެ ހާއްސަ އިލްތިމާސްއެއް

ސްކޫލް ޗުއްޓީގައި ދަތުރުތައް ކުރާއިރު ބަލިތަކަށް ސަމާލުވެ، ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އިލްތިމާސްކުރި އެވެ.

މި ފެށޭ ހަފުތާއަކީ ސްކޫލް/ކޮލެޖް/ޔުނިވާސިޓީތަކަށް ޗުއްޓީ ފެށޭ ހަފުތާ ކަމަށްވެފައި ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާނެ ދުވަސްތަކަކަށް ވާނެތީ އާއި ކުރިއަށް އޮތް ދުވަސްވަރުގައި ރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސް އައިސްވާނެ ދުވަސްތަކަކަށްވާތީ މި ދުވަސްވަރު ބަލިތައް އިތުރުވާނެ ކަމަށް އެޗްޕީއޭއިން ލަފާ ކުރެ އެވެ.

އެގޮތުން، އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި ނޭވަލާ ނިޒާމަށް ޖެހޭ ގައިންގަޔަށް އަރާ ބަލިތައް މި ދުވަސްވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

"އަދި މިހިނގާ ޑިސެންބަރ މަހުގެ ތެރޭގައި ކޮވިޑް-19 ގެ އައު ވޭރިއަންޓް JN.1 ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި ކޮވިޑް-19 ފެތުރުން އިތުރުވެފައިވޭ،" އެޗްޕީއޭ އިން ބުނެ އެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ ބައެއް ކަންކަން އެޗްޕީއޭ އިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކެއްސައި، ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ކުޑަ ރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކޮށް، އެ ތަކެތި ރައްކާތެރި ކަމާއެކު ނައްތާލުމަށާއި، މާސްކު ބޭނުން ކުރުމަށް އަދި އާންމު ސާފުތާހިރު ކަމަށް ސަމާލު ކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.

ރޯގާ ޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދު ކުރުމާއި މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިޔުމަށާއި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދުމީހުން ދިއުމާއި އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވެ އެވެ.

އޭގެ އިތުރުން، ރޯގާ ޖެހި ހުން އައިސް ރަނގަޅު ނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމާ އެކު، ވީހާވެސް ބޮޑަކަށް އެހެން މީހުންނާ އެކަހެރިވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

އެޗްޕީއޭގެ އިލްތިމާސްގައި ވެކްސިން ޖެހުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެ އެވެ.

އެގޮތުން، އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަކަށް ބޭސްކުރާ މީހުން ކޮވިޑް ވެކްސިން ޖެހުމަށާއި އުމުރުން ދުވަސްވީ މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުން އިންފުލުއެންޒާ އިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެޗްޕީއޭގެ އިލްތިމާސްގައިވެ އެވެ.

ހުން އައިސް، އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ އަރާމުކޮށް، ގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށް އެދިފައިވެ އެވެ. އަދި ޕެރެސެޓެމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ކުރާނަމަ، ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް ވެސް އެދިފައިވެ އެވެ.

އޭގެ އިތުރުން, މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭގެ އިލްތިމާސްގައިވެ އެވެ.

ސްކޫލްތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށް ކިޔެވުން ބަންދުވެ، މި ޗުއްޓީ ތެރޭގައި ގިނަ ބަޔަކު އަންނަނީ އެކި ބޭނުންތަކަށް ދަތުރުތައް ކުރަމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox