ރާއްޖޭގެ މީހުން އުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ހަރަކާތެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
"އައު އަހަރާ ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ދުވަހެއް ކަމަށްވާ ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިޔުމަށް މި ހިދުމަތުން އިލްތިމާސް ކުރަމެވެ," ފުލުހުން އެކްސްގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން, އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެފަދަ ހަރަކާތެއް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ކްރިސްޓިއަނުން އެންމެ ބޮޑު މުނާސަބަތެއް ކަމަށް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 25 ވަނަ ދުވަހު 'ކްރިސްމަސް' އެވެ.
އިސްލާމް ދީން ފިޔަވާ އެހެން ދީން ތަކަށް ހިތްވަރު ދިނުމަކީ، ރާއްޖޭގައި މަނާ މަކެކެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކު ވެސް ގިނަ ރިސޯޓް ތަކެއްގައި ކްރިސްމަސް ފާހަގަ ކޮށް، އެކަން ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އެމްއެމްޕީއާރުސީން އިސްތިހާރު ކުރެ އެވެެ.













