ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވި މައްސަލަ 241 ކޮމިޓީން ބަލަނީ

ފުލުހުން ސައިކަލުގައި ދަނީ; ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވި މައްސަލަ 241 ކޮމިޓީއަށް ތާވަލުކޮށްފައިވޭ -- ފޮޓޯ: އިޔާން/ އަދަދު

ފުލުހުން ސައިކަލުގައި ދަނީ; ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވި މައްސަލަ 241 ކޮމިޓީއަށް ތާވަލުކޮށްފައިވޭ -- ފޮޓޯ: އިޔާން/ އަދަދު

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ބަލަން ފަށައިފި އެވެ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ. އެއީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ކުއްލިއަކަށް މަތީ ރޭންކުތަކުގެ އޮފިސަރުންނަށް ޕްރޮމޯޝަން ދެމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލަ ވަނީ މާދަމާ މެންދުރު 2:00 އަށް ތާވަލުކޮށްފައިވާ މަޖިލީހުގެ 241 ކޮމިޓީގައި އެޖެންޑާ ކޮށްފަ އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގެ މަސައްކަތް ހުއްޓުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުން" އެޖެންޑާގެ ފުރަތަމަ އައިޓަމެއްގެ ގޮތުގައި ނޯޓުކޮށްފައި ވެއެވެ.

އެ މައްސަލައިގެ އިތުރުން ސިފައިންގެ މަތީ މަގާމުތަކުގައި ތިއްބެވި ޖެނެރަލުން ރިޓަޔާ ކުރައްވަމުން ދަނީ މަޖުބޫރުން ކަމަށް ފާހަގަ ކުރެވޭތީ, އެކަން ބަލައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަން ވެސް ކޮމިޓީގައި އެޖެންޑާ ކޮށްފައިވެ އެވެ.

ކޮމިޓީން މި މައްސަލަ ބަލާއިރު, ސަރުކާރު ބަދަލުވި ފަހުން މޭޖާ ޖެނެރަލް ހާމިދު ޝަފީގު އާއި, މޭޖާ ޖެނެރަލް ވައިސް ވަހީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ރިޓަޔާ ކުރައްވާފަ އެވެ. ނަމަވެސް މޭޖާ ޖެނެރަލް ހާމިދު ވަނީ ރައީސް މުއިއްޒުގެ އެޑްވައިޒަރަކަށް އައްޔަނުކޮށްފަ އެވެ.

ތިން ވަނަ ކަމަކަށް ކޮމިޓީގައި އެޖެންޑާ ކޮށްފައި ވަނީ ނިމިދިޔަ ވެރިކަމުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ބުނަމުންދާތީ އެކަމުގެ ހަގީގަތް ދެނެގަތުމަށް ޕަބްލިކް އެންކުއަރީއެއް ހިންގުމަށް ހުށަހަޅާފައިވާ ގަރާރާމެދު މަޝްވަރާ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox