ވެރި ރަށް މާލޭގައި މީހަކު ރަހީނުކޮށް، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހަކު ރަހީނު ކުރި މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 25 އަހަރުގެ މީހާއަށް 12 ދުވަސް ޖަހާފައި ވާއިރު، ދެން ތިބި ދެ މީހުންނަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެ އެވެ.
މިއީ ސީދާ ކޮން ހާދިސާއަކާ ގުޅިގެން ހައްޔަރު ކުރި ބައެއް ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.













