ޔުނައިޓެޑް ޔޫރަޕްގެ މުބާރާތްތަކުން ކަޓައިފި

Dec 13, 2023, 3:50 AM
ޔުނައިޓެޑް ޔޫރަޕްގެ މުބާރާތްތަކުން ކަޓައިފި

މެންޗެސްޓާ (ޑިސެމްބަރު 13) - އަމިއްލަ ދަނޑުގައި ރޭ ބަޔާން މިއުނިކް އަތުން 1-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ އިތުރުން މި ސީޒަނުގައި، ޔުއެފާ އިން ބާއްވާ ޔޫރަޕްގެ ހުރިހާ މުބާރާތަކުން ކަޓައިފި އެވެ.

ޔުނައިޓެޑް ދިޔައީ ގްރޫޕް އޭގެ ފުލަށެވެ. މިއާ އެކު، އެ ޓީމަށް ސީޒަނުގެ ބާކީ ހަ މަސް އޮއްވައި، ޔޫރަޕްގެ މުބާރާތްތައް ނިމުނީ އެވެ.

ގްރޫޕް އޭގެ އެއް ވަނަ ދިޔައީ، 16 ޕޮއިންޓް ހޯދި ބަޔާން އެވެ. ދެ ވަނަ އަށް ދިޔައީ ރޭ ގަލަސަތަރާއި 1-0 އިން ބަލިކުރި ކޯޕެންހާގެން އެވެ. ކޯޕެންހާގެން އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ ތިން ވަނަ ހޯދައިގެން ޔޫރޮޕާ ލީގުގެ ފުރުސަތު ހޯދީ ގަލަސަތަރާއި އެވެ. އެ ޓީމަށް ފަސް ޕޮއިންޓް ލިބުނެވެ. އެންމެ މޮޅެއް ލިބުނު ޔުނައިޓެޑް ނިންމާލީ ހަތަރު ޕޮއިންޓާ އެކު އެވެ.

Advertisement

އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި ބަޔާން މިއުނިކްގެ ކިންގްސްލީ ކޯމަން އެވެ. މިއީ ހެރީ ކޭން ދިން ބޯޅައަކުން ކޯމަން ޖެހި ގޯލެކެވެ. ބަޔާނަށް އިތުރު ގޯލެއް ޖަހަން މި މެޗުގައި އެންމެ ގިނަ ހުސް ފުރުސަތުތަކެއް ލިބުނީ ލެރޯއި ސާނޭ އަށެވެ.

އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ހެރީ މެގުއާ މި މެޗުގައި ބަދަލުކުރަން ޖެހުނުއިރު، އެ ޓީމުގެ މާކަސް ރަޝްފޯޑާއި އެންތަނީ މާޝިއަލް ރޭގެ މެޗު ސްކޮޑުގައި ނެތީ ބަލި ހާލަތުގެ ގޮތުންނެވެ.

ޔުނައިޓެޑް ކޮޅަށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި 15 ގޯލު ވަދެފައިވެ އެވެ. މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖެއްގައި އިނގިރޭސި ޓީމެއް ކޮޅަށް އެންމެ ގިނަ ގޯލު ވަން ފަހަރެވެ. ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ މެޗު ދިޔަ ގޮތަށް ބަލާއިރު، އެ ޓީމު ބަލިވުން ހައްގެއް ނޫން ކަމަށެވެ.

ގްރޫޕް ބީގައި ރޭ ޕީއެސްވީ އައިންދޯވަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ޕީއެސްވީ ދަނޑުގައި އާސެނަލުން ލީޑުނެގީ އެޑީ އެންކެޓިއޭ ޖެހި ލަނޑުންނެވެ. މި އަހަރު އަމިއްލަ ދަނޑުގައި ބަލިނުވެ، ރެކޯޑް ދަމަހައްޓަމުން އަންނަ ޕީއެސްވީ އަށް އެއްވަރުކޮށްދިނީ ޔޯބޭ ވާޓެސެން އެވެ.

އާސެނަލުން މި ގްރޫޕްގެ އެއް ވަނަ ހޯދީ 13 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔައީ ނުވަ ޕޮއިންޓް ހޯދި ޕީއެސްވީ އެވެ. ތިން ވަނަ އަށް ދިޔަ ލޯންސް އަށް އަށް ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމާލި ސެވިއްޔާ އަށް ލިބުނީ ދެ ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox