ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއެއްގެ އަތުން 69 ފުޅި ބަނގުރާ އަތުލައިގަނެފި އެވެ.
މި މައްސަލާގައި ހައްޔަރުކުރީ 31 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ ދުއްވި ކާރު ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިިއީ ޑިސެމްބަރު 11, ގައި ހުޅުމާލޭ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. ފުލުހުން އަންނަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.













