މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ސާޖަންޓު ޝުޖާއު ވަޒީފާއިން ވަކި ނުކުރުމުން ފުލުހުންގެ ތެރޭގައި ކަންބޮޑުވުން!

ސީނިއާ ސާޖަންޓު ހަސަން ޝުޖާއު

ސީނިއާ ސާޖަންޓު ހަސަން ޝުޖާއު

ފުލުހުން އަތުލައިގަންނަ މަސްތުވާތަކެއްޗާ ހަވާލުވުމުގެ ޒިންމާ އުފުލި ސީނިއާ ސާޖަންޓު ހަސަން ޝުޖާއު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މައްސަލައިގައި ވަޒީފާއިން ވަކި ކުރަން ނިންމި ނިންމުން ބަދަލުކޮށް، ހަމައެކަނި އޭނާގެ ރޭންކު ދަށް ކުރުމުން ފުލުހުންގެ ތެރޭގައި ކަންބޮޑުވުން އުފެދިއްޖެ އެވެ.

ޝުޖާއުގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު ޑިސިޕްލަނަރީ ބޯޑަށް ފޮނުވުމުން އެ ބޯޑުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރަން ލަފާ ދިނުމަށެވެ. އެކަމަކު، އެ މައްސަލަ ޝުޖާއުގެ ފަރާތުން އިސްތިއުނާފު ކުރުމުން އިސްތިއުނާފު ކޮމިޓީން ނިންމީ ވަޒީފާގައި އޭނާ ބެހެއްޓުމަށްފަހު ރޭންކު ދަށް ކުރުމަށެވެ.

"ފުލުހުންގެ ހިދުމަތުގައި ކުށް ކުރާ މީހުން މަސައްކަތް ކުރުން ނުވަތަ މި ނިޒާމުގައި ޝާމިލްވުމަކީ ފުލުހުން ބޭނުންވާ ގޮތެއް ނޫން. މި ހިދުމަތުގައި ހުރި މިފަދަ ނުރަނގަޅު ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފުލުހުން ވަރަށް އިސްކަން ދީގެން ދާނީ ކުރަމުން،" އިސްތިއުނާފު ކޮމިޓީގެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކޮށް މި ނޫހާ ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާއެކު ޝުޖާއު ހައްޔަރު ކުރީ އިތުރު އަންހެނަކާއެކު ނޮވެމްބަރު 10، 2022 ގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއް ބަލައި ފާސް ކުރުމުގެ ތެރޭގަ އެވެ. ޝުޖާއު ހުރި އެޕާޓްމަންޓުން މަސްތުވާތަކެތި ހުރި 18 ސިލޯފިންކޮޅާއި ހަ ރަބަރު ޕެކެޓާއި ބަނގުރާ ފުޅިއެއް ފެނިފައިވެ އެވެ.

ފުލުހުން ފާސް ކުރަމުންދިޔައިރު، ޝުޖާއުގެ ޖީބުން 7010ރ. ފެނިފައިވާއިރު އެޕާޓްމަންޓުން 181،540ރ. ފެނިފައިވެ އެވެ. އެތަނުގައި ހުރި އަލަމާރިއަކުން ޝުޖާއުގެ އަންނައުނާއި ޕޮލިސް ޔުނީފޯމު ވެސް ފެނިފައިވެ އެވެ.

އެ އެޕާޓްމަންޓުގެ އިތުރުން ޝުޖާއު ރަސްމީކޮށް ދިރިއުޅެމުން އައި އެޕާޓްމަންޓު ވެސް ފުލުހުން ފާސް ކުރި އެވެ. އެތަނަށް ދިޔައިރު، އެ މައްސަލައިގައި ޝައްކު ކުރެވޭ އިތުރު ބަޔަކު ތިއްބެވެ. އަދި 14 ޕެކެޓު މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއެއް އެތަނުން ފެނުނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ޖެނުއަރީ 9، 2023 ގައި ޕީޖީ އޮފީހަށް ފޮނުވި އެވެ. އޭގެ ފަހުން ޖެނުއަރީ 17، 2023 ޕީޖީ އޮފީހުން ރަސްމީކޮށް ފުލުހުން ޝުޖާއުގެ މައްޗަށް ދައުވާ ކުރި އެވެ. އުފުލީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ އެވެ.

"މިއީ އާދައިގެ ތުހުމަތެއް ނޫން. މިފަދަ ތުހުމަތުތައް ކުރެވޭ ފުލުހުން އަދި އެ މައްސަލައެއްގެ ޖިނާއީ ކުށުގެ ޝަރީއަތް ހިނގަމުން ދަނިކޮށް، ހިދުމަތަށް ނެރުމަށް އެޕީލް ބޯޑުން ނިންމުމަކީ މުޅި މުއައްސަސާގެ އަގު ވެއްޓިގެންދާ ކަމެއް. އެކަމާ އަޅުގަނޑުމެން އިންތިހާ އަށް ކަންބޮޑުވޭ،" ފުލުހުންގެ ސީނިއާ އޮފިސަރަކު ވިދާޅުވި އެވެ.

އެ މައްސަލައިގައި ޝުޖާއު ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ފެބްރުއަރީ 21، 2023 ގައި ޑިސިޕްލިނަރީ ބޯޑުން ނިންމާފައި އޮއްވައި އިސްތިއުނާފު ކޮމެޓީން މާޗް 6، 2023 ގައި އެ ނިންމުން ބާތިލްކޮށް އޭނާގެ ރޭންކު ދަށް ކުރަން ނިންމި އެވެ. އެ ނިންމުން ފުލުހުންގެ ހިދުމަތުން ތަންފީޒު ކުރީ، ވެރިކަން ބަދަލުވުމަށް ފަހު މި ހިނގާ ޑިސެމްބަރު 7 ގަ އެވެ.

ފުލުހުންގެ ހިދުމަތުގެ ތެރޭގައި ކަންބޮޑުވުން އުފެދުނު އެ ނިންމުން ނިންމި އިސްތިއުނާފު ކޮމިޓީގައި ތިއްބެވީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ސޯދިގު، އަޒުމީން ރަޝީދު، މިންނާ ނާފިޒު އަދި އަހުމަދު ޝިހާދެވެ.

އިސްތިއުނާފު ކޮމިޓީ އެކުލަވާލަނީ ހޯމް މިނިސްޓަރެވެ. މިހާރު އޮތް އެ ކޮމިޓީ އެކުލަވައިލީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދައުރުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox