މާލެ ސިޓީގެ މޭޔަރުކަމަށް ފުރަހަނި ޝުއައިބު އަމިއްލަގޮތުން ވާދަކުރަނީ

މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާ ޝުއައިބު; އޭނާ ކުރިމަތިލަނީ އަމިއްލަގޮތުން

މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާ ޝުއައިބު; އޭނާ ކުރިމަތިލަނީ އަމިއްލަގޮތުން

މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވާދަކުރައްވައިފި އެވެ.

ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ޝުއައިބު ފޯމު ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އޭނާގެ ކެންޑިޑެސީ ބަލައިގަތް ކަމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި ހުރުމަށްފަހު ޝުއައިބު އެ ޕާޓީން ވަކިވީ, ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ހެދި އެވެ. އެއަށްފަހު އޭނާ ގުޅުނީ އެމްޑީއޭއާ އެވެ. އެހެން ނަމަވެސް, ނިމިދިޔަ ނޮވެމްބަރު މަސް ތެރޭގައި ޝުއައިބު ވަނީ އެ ޕާޓީން ވެސް ވަކިވެފަ އެވެ. މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް އޭނާ ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ.

މާލެ ސިޓީގެ ރައްޔިތުންނަށް ފޮނުއްވި ސިޓީގައި ޝުއައިބު ވިދާޅުވީ, މޭޔަރު ކަމަށް ކުރިމަތިލެއްވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ހުރިހާ މައްސަލަތައް ހައްލު ކުރުމުގެ އަމަލީ މަސައްކަތުގެ ބިންގާ އަޅައި ދިނުމަށް ކަމަށެވެ. އެ ސިޓީގައި އޭނާ ފާހަގަކުރެއްވި މައިގަނޑު ކަމަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމެވެ.

"އަޅުގަނޑަކީ މާލޭގައި ދިރިއުޅޭ އެންމެ އާދައިގެ ރައްޔިތުމިހާގެ ދިރިއުޅުމުގެ ހާލަތު އަބަދުމެ ދެކޭ މީހެކެވެ. އެ ރައްޔިތު މީހާގެ އަޑު އަބަދު އަހާ މީހެކެވެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާ ގޮއްޖެހުން އިޖުތިމާއީ އިގްތިސޯދީ މައްސަލަތައް ހޯދާބަލާ ދިރާސާކޮށް، އެ މައްސަލަ ތަކަށް ދާއިމީ ހައްލު ގެނެސް ދިނުމުގެ ޕްލޭންތަކާއެކު ވަކާލާތުކޮށްދީ މަސައްކަތްކޮށްދޭ މީހެކެވެ." ޝުއައިބުގެ ސިޓީގައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި, "މާލެ ރައްޔިތުންގެ ގޯތި ހަރަކާތް" އުފެއްދި އިސް މީހެއްގެ ހައިސިއްޔަތުން, ކޮންމެ ސަރުކާރެއް އޮތަސް މާލޭގެ ގެދޮރުވެރިޔަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުތަކަށް ހުށަހަޅުއްވި ކަމަށެވެ. އަދި މާލެ ސަރަހައްދުގެ ތޮއްޖެހުމާއި, ގޮންޖެހުން ހައްލު ކުރުމަށް ވޭތުވެދިޔަ 40 އަހަރު ސަރުކާރުތަކާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއެކު މަސައްކަތް ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝުއައިބު ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާއި މާލޭގެ ތޮއްޖެހުމުގެ މައްސަލަތަކުގެ ހައްލަށް ވަކާލާތު ކުރުމުގެ ތަޖުރިބާއާއެކު އޭނާ މޭޔަރު ކަމަށް ކުރިމަތިލަނީ އެ ހައްލުތަކުގެ އަމަލީ މަސައްކަތުގެ ބިންގާ އެޅުމަށެވެ.

މާލެ ސިޓީ ކައުންސިލުގެ ބައި-އިލެކްޝަން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox