ދައުލަތުގެ ހުރިހާ ޕްރޮކިޔުމެންޓްގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ނެޝަނަލް ޓެންޑާ ބޯޑް އަލުން އެކުލަވައިލައިފި އެވެ.
މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އެކުލަވާލި ފުރަތަމަ ޓެންޑާ ބޯޑެވެ.
ފިނޭސް މިނިސްޓްރީން ބުނި ގޮތުގައި އެ ބޯޑުގެ ޗެއާޕާސަން އަކަށް ހަމަޖެއްސީ އަހުމަދު ސާއިދެވެ. އޭނާގެ އިތުރުން މެމްބަރުންގެ ގޮތުގައި ތިއްބެވީ
- އަބްދުﷲ އިމްރާން (ވައިސް ޗެއާޕާސަން)
- މުމްތާޒް އަބްދުލްރަޝީދު
- ފާތިމަތު މުހައްމަދު ދީދީ
- އާމިނަތު ޒީނިޔާ
- އާދަމް ބަދްރުﷲ
- މުހައްމަދު ސަމްނޫން ފުއާދު
ނޭޝަނަލް ޓެންޑަރ ބޯޑުގެ ޒިންމާ ތަކުގެ ތެރޭގައި ފަސް މިލިއަން ރުފިޔާ އަށްވުރެ މަތީގެ މުދަލާއި ހިދުމަތާއި މަސައްކަތްތަކާއި ކޮންސަލްޓެންސީ ހިދުމަތްތައް ހޯދުމަށް ކުރާ އާންމު ޓެންޑާތައް ރެގިއުލޭޓްކޮށް ހިންގުން ހިމެނެ އެވެ. އަދި އެ މަރުހަލާ ކުރިއަށް ދަނީ އިންސާފުވެރި، ހާމަކަން ބޮޑު ގޮތަށްކަން މި ބޯޑުން ކަށަވަރު ކުރަން ޖެހެ އެވެ.













