މަޖިލިސް އިންތިހާބު ބާއްވާ ތާރީހެއް ކަނޑައެޅޭނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީގައި

މަޖިލިސް އިންތިހާބު ބާއްވާ ތާރީހެއް ކަނޑައެޅޭނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީގައި

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެމްބަރުން އިންތިހާބުކުރަން ބާއްވަންޖެހޭ އިންތިހާބުގެ ތާރީހެއް ކަނޑައެޅޭނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީގައި ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

ހަބީބު "އަދަދު"އަށް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ މުއްދަތާއި އަންނަ އަހަރުގެ ރޯދަމަހާ ދިމާވާތީ އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާ އެކު ކޮމިޝަނުން މިހާރު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ބޭނުންވީ ބައެއް ޕާޓީތަކުން ކަމަށާއި ބައެއް ޕާޓީތަކުން ބޭނުންވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބާއި ރޯދަމަހާ ދިމާވާތީ ހުރި ގޮންޖެހުންތައް ހިއްސާކޮށް އިންތިހާބު ތާރީހަށް ބަދަލުތަކެއް ގެންނަން އީސީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ކޮމިޓީން މަޝްވަރާކޮށް ފާސްކުރީ ރޯދައިގެ ފަހުން އިންތިހާބު ބޭއްވެން އޮތް އެންމެ އަވަސް ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.

ހަބީބު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބާ ގުޅޭ ކަންތައްތަކާމެދު މަޝްވަރާކުރުމަށް ގައުމީ ލަފާދޭ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް އެކޮމިޝަނުން މިހާރު އަންނަނީ ކުރަމުންނެވެ. އަންނަ ހަފްތާގައި އެ ކޮމިޓީ އެކުލަވާލެވޭނެ ކަމަށާއި އެއާއެކު އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމާ ގުޅޭ މަޝްވަރާތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބު ބާއްވާ ތާރީހެއް ކަނޑައަޅާއިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ލަފަޔާއި އިންތިހާބު ބާއްވާ ދުވަސްވަރުގެ ގޮތުން ވޯޓާސް ޓާންއައުޓް އަށް އައިސްދާނެ ބަދަލުތައް ފަދަ ކަންކަމަށް ވަރަށް ބޮޑަށް ރިއާޔަތްކުރާނެ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

"މިކަން މިގޮތަށް ދިމާވީމަ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބުނެލުމުގެ ބަދަލުގަ އެކަން ދިރާސާ ކުރަން ކޮމިޝަނުން ނިންމީ، ވައިޓް ޕޭޕަރެއް ތައްޔާރުކުރަން. ރޯދަމަސް ތެރޭގަ އިންތިހާބު ބާއްވައފިއްޔާ ހުރި ޖޮންޖެހުންތަކާއި ރޯދަމަސް ނިމުނީމަ އިންތިހާބު ހުރި ގޮންޖެހުންތައް ދިރާސާ ކުރަމުން މިދަނީ،" ހަބީބު ވިދާޅުވި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގާއި އެހެން ދެ މެމްބަރަކު މިވަގުތު ތިއްބެވީ ރާއްޖޭން ބޭރުގަ އެވެ. ހަބީބު ވިދާޅުވީ އެ ތިން މެމްބަރުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި ޑިސެމްބަރު މަހުގެ ފަހުކޮޅު ކަމަށެވެ.

"ރައީސް ވެސް މިވަގުތު ހުންނެވީ ޗުއްޓީގަ ރާއްޖޭން ބޭރުގަ. ކޮމިޝަނުގެ ތިން މެމްބަރަކު މިވަގުތު ވީ ރާއްޖޭން ބޭރުގަ. ފަސް މެމްބަރުން ތިބެގެން ތާރީހެއް ކަނޑައަޅާނީ. ފަސް މެމްބަރުން ހަމަވާނީ ޑިސެމްބަރު މަހުގެ ފަހުކޮޅު. އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ޖެނުއަރީ މަސް ތެރޭގައޭ ތާރީހެއް ކަނޑައެޅޭނީ. ޑިސެމްބަރުގައި ވެސް ވޭތޯ އަޅުގަނޑުމެން މިބަލަނީ،" ހަބީބް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު ބާއްވާނަމަ މި ހިނގާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބުގެ ހުރިހާ މަސައްކަތްތަކެއް ނިންމަން ޖެހެ އެވެ. ގާނޫނުގައި ބުނާ 30 ދުވަސް ހަމަވާ ތާރީހަކީ އޭޕްރިލް 28، އެވެ. މި ފެށޭ އަހަރުގެ ރޯދަ މަސް ނިމޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ދުވަހަކީ އޭޕްރިލް 9، ނުވަތަ އޭޕްރިލް 10، އެކެވެ.

އެހެންކަމުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ދެ ވަނަ ބުރުގެ ކުރިން ކެމްޕޭނު ކުރުމަށާއި އެހެނިހެން ހުރިހާ ކަމަކަށް ދޭންޖެހޭ 15 ދުވަހުގެ މުއްދަތު ދިނުމަށްފަހު ގާނޫނުގައި ބުނާ 30 ދުވަހުގެ ކުރިން އިންތިހާބު ހުރިހާ މަސައްކަތެއް ނިންމުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox