ވާގޮތް: ދުނިޔޭގެ އެންމެ ދިގު 10 ކޯރު

ވާގޮތް: ދުނިޔޭގެ އެންމެ ދިގު 10 ކޯރު

ގުދުރަތުގެ ފަންނުވެރި މޫސީގާރެއް ފަދައިން، ތާރީހާއި، ސަގާފަތާއި، ދުނިޔޭގެ އަޖައިބުކުރުވަނިވި ތަފާތުތަކުގެ ލަވަތައް އަމުނަމުން، ބައްރުތަކުގެ ތެރެއިން ކޯރުތައް ދަތުރުކުރެ އެވެ. އެތައް ސަރަހައްދުތަކަކަށް ފެތުރިފައިވާ މި ޝަރަފުވެރި "ފެންމަގުތައް"، އިންސާނުންނާ ޖަނަވާރުން އަދި ބިންތަކަށް ދިރުން ގެނުވަމުން، މަދަނިއްޔަތުތަކުގެ ތާރިހާ ރޫހާއެކު ދަތުކުރެ އެވެ.

މިއަދުގެ ދިރާސާގައި އަހަރުމެން ދުނިޔޭގެ އެންމެ ދިގު ދިހަ ކޯރުގެ މައުލޫއަށް ފީނާލާނަމެވެ. ކޮންމެ ކޯރަކީ ވެސް ގުދުރަތުގެ ބާރާއި ކެތްތެރިކަމުގެ ހެއްކެއްގެ އިތުރުން އިންސާނީ ހަޟާރާތްތަކާގައި މުހިންމު ބައެކެވެ. ގަދީމީ ރަސްކަންތަކުގެ ފެށުމާއި ނިމިމުގެ ތާރީހުގައި ނީލަން ކޯރުކޮށްފައިވާ ދިގު ދަތުރުން ފެށިގެން، ދިރުމުން ފުރިގެންވާ ޖަންގަލީގެ ތެރޭގައި އެމެޒޯން ނަށާ ނެށުމާއި ހަމައަށް، މި ކޯރުތަކުގެ އޮއެވަރުގައި ދެމެމުންދަނީ ގުދުރަތުގެ ރިވާޔަތްތަކެވެ. އެހެންކަމުން، މި ދަތުރުގައި ބައިވެރިވެ، އެ ތަންތަން ހިމެނޭ ސަރަހައްދުތަކުގެ ތާރީހު ބައްޓަންކޮށްފައިވާ، މި ފާހަގަކޮށްލެވޭ ކޯރުތަކުގެ ދިގުމިނާއި އަޑި ހޯދަލަމާހެއްޔެވެ.

10. އަމޫރު ކޯރު

ރަޝިޔާ އާއި ޗައިނާއާ ދެމެދު ގުދުރަތީ ބޯޑަރެއް ފަދައިންވާ އަމޫރު ކޯރުގެ ދިގުމިނަކީ ގާތްގަނޑަކަށް 4,444 ކިލޯމީޓަރެވެ. މި ކޯރަކީ ސަގާފަތްތަކާއި އިކޯސިސްޓަމްތައް ބައްދަލުވާ ސަރަހައްދެކެވެ. އަމޫރު ކޯރުގެ ސަބަބުން އެ ސަރަހައްދުގައިވާ ސައިބީރިއަން މާކަނާތަކަށް ދިރިއުޅޭ ތަނެއް ލިބި، ކޯރުގެ އައްސޭރީގައި ދިރިއުޅޭ ޖަމާއަތްތަކަށް އެހީލިބެ އެވެ.

އަމޫރު ކޯރުގެ ބައެއް
އަމޫރު ކޯރުގެ ބައެއް

އަމޫރު ކޯރުގެ ބައެއް

9. ކޮންގޯ ކޯރު

އެފްރިކާގެ މެދުން ކެނޑިފައިވާ ކޮންގޯ ކޯރު ގާތްގަނޑަކަށް 4،700 ކިލޯމީޓާރު ދިގެވެ. ވަށައިގެންވާ ޖަންގަލިތަކާއި ވަލު ޖަނަވާރުތަކުން ފުރިފައިވާ މި ކޯރަކީ ދުނިޔޭގެ އެންމެ "ބަޔޯޑައިވާސް" އެއް ސަރަހައްދުގެ މުހިންމު ބަޔެކެވެ. އެއީ ބަލިމާނު (ގޮރިއްލާ) ތަކާއި އެތްތަކާއި އެހެނިހެން ގިނަ ބާވަތްތަކެއް ދިރިއުޅޭ ތަނަކަށް ވާތީ، މިއީ ހަގީގީ ޖަންގަލީގެ އަޖައިބެކެވެ.

ކޮންގޯ ކޯރުގެ ބައެއް
ކޮންގޯ ކޯރުގެ ބައެއް

ކޮންގޯ ކޯރުގެ ބައެއް

8. ޕަރަނާ ކޯރު

ދެކުނު އެމެރިކާގެ ގާތްގަނޑަކަށް 4,880 ކިލޯމީޓަރު ދިގުމިނުގައި އޮންނަ ޕަރަނާ ކޯރަކީ ތަފާތު އެތައް އިކޯސިސްޓަމްތަކަށް އެހީވެދޭ ބޮޑު ވިއުގައެކެވެ. ރީތި އިގުއާޒޫ ފެނާރު (ވޯޓަފޯލް) އިން ފެށިގެން ޕެންޓަނަލްގެ ފުޅާ ތެއްބިންތަކާއި ހަމައަށް، މި ވިއުގައަކީ ގުދުރަތާއި އިންސާނުން އާބާދުވާ ތަންތަނަށް ވެސް ދިރިއުޅުމުގެ ރޮނގެކެވެ.

ޕަރަނާ ކޯރުގެ ބައެއް
ޕަރަނާ ކޯރުގެ ބައެއް

ޕަރަނާ ކޯރުގެ ބައެއް

7. އޮބް ކޯރު

ރަޝިޔާއާއި ކަޒަކިސްތާން ހުރަސްކޮށް އޮންނަ އޮބް-އިރްޓިޝް ކޯރު ނިޒާމުގެ ދިގުމިނަކީ 5،410 ކިލޯމީޓަރެވެ. ވިޔަފާރީގެ މުހިންމު މަގެއްގެ ގޮތުގައި ހިދުމަތްކުރާ މި ނިޒާމަކީ އެކި ސަރަހައްދުތައް ގުޅުވައިދީ، އޭގެ ދަތުރުގައި އެތައް ޖަމާއަތެއް ދެމެހެއްޓޭ ނިޒާމެކެވެ. އެއީ ޔޫރޭޝިއާ ސަރަހައްދުގެ ހިނގުމަށް ކޮންމެހެން ބޭނުންވާ ސިފައެކެވެ.

އޮބް ކޯރުގެ ބައެއް
އޮބް ކޯރުގެ ބައެއް

އޮބް ކޯރުގެ ބައެއް

6. ޔެލޯ ކޯރު

ޗައިނާގައި ހޫއަންހޭ ގެ ނަމުން ނަންދެވިފައިވާ ޔެލޯ ކޯރަކީ އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ކޯރެވެ. މި ކޯރުގެ ދިގުމިނުގައި ގާތްގަނޑަކަށް 5,464 ކިލޯމީޓަރު ހުރެ އެވެ. މި ތާރީހީ ކޯރަކީ ޗައިނާގެ ގިނަ ދަރިކޮޅުތަކެއްގެ އުފެދުމާއި ވެއްޓުމުގެ ހެކިވެރިއެކެވެ. ޔެލޯ ނުވަތަ ރީނދޫގެ ނަން މި ކޯރަށް ދެވުނީ، ކޯރުގައި ހުންނަ ރީނދޫ ކުލައިގެ ސެޑިމެންޓެއްގެ ސަބަބުންނެވެ. މިއަކީ އޭގެ އައްސޭރީގައި ހުންނަ ދަނޑުތަކަށް ކާނާ ފޯރުކޮށްދީ، ދަނޑުވެރިކަން މުއްސަނދިކޮށްދޭ ސެޑިމެންޓެކެވެ.

ޔެލޯ ކޯރުގެ ބައެއް
ޔެލޯ ކޯރުގެ ބައެއް

ޔެލޯ ކޯރުގެ ބައެއް

5. ޔެނިސޭ ކޯރު

ރަޝިޔާގެ ސައިބީރިއާގެ ފުޅާ ޖަންގަލީގެ ތެރެއިން ދަތުރުކުރާ ޔެނިސޭ ކޯރުގެ ދިގުމިނަކީ ގާތްގަނޑަކަށް 5,539 ކިލޯމީޓަރެވެ. ސްނޯއިން ފުރިފައިވާ ފަރުބަދަތަކާ ޖަންގަލިތައް ކައިރީގައިވާ މި ކޯރަކީ މި ސަރަހައްދުގެ ތަފާތު ވަލު ޖަނަވާރުތަކުގެ ދިރިއުޅުމަށް މުހިންމު ބައެކެވެ. އޭގެ ތެރޭގައި ސައިބީރިއަން މިނިކާވަގު ވެސް ހިމެނެ އެވެ. މީގެ އިތުރުން ކޯރުގެ އައްސޭރީގައި، އެކި ދިމަދިމާލުގައި ތިބި ޖަމާއަތްތަކަށް ތާޒާ ފެނުގެ މުހިންމު މަސްދަރެއްގެ ގޮތުގައި ވެސް ހިދުމަތް ކުރެ އެވެ.

ޔެނިސޭ ކޯރުގެ ބައެއް
ޔެނިސޭ ކޯރުގެ ބައެއް

ޔެނިސޭ ކޯރުގެ ބައެއް

4. މިސިސިޕީ ކޯރު

މިސިސިޕީ ކޯރަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އަދި އުތުރު އެމެރިކާގެ އެންމެ ދިގު ކޯރެވެ. މިކޯރުގެ ދިގުމިނުގައި 5،971 ކިލޯމީޓަރު ހުރެ އެވެ. މުޅި އެމެރިކާ ތެރެއިން ދަތުރުކުރާ މި ކޯރު މެކްސިކޯ ގަލްފަށް ނުކުތުމުގެ ކުރިން (އުތުރުން ދެކުނަށް) އެމެރިކާގެ އެތައް ސްޓޭޓެއް ހުރަސްކުރެ އެވެ. އޭގެތެރޭގައި މިނިސޯޓާ، ވިސްކޮންސިން، އަޔަވާ، އިލިނޮއިސް، މިސޫރީ، ކެންޓަކީ، ޓެނެސީ، އާކަންސާ، މިސިސިޕީ، އަދި ލޫސިއާނާ ހިމެނެ އެވެ.

މިސިސިޕީ ކޯރުގެ ބައެއް
މިސިސިޕީ ކޯރުގެ ބައެއް

މިސިސިޕީ ކޯރުގެ ބައެއް

3. ޔަންގްޒޭ ކޯރު

ޗައިނާގެ މެދުގައި ގާތްގަނޑަކަށް 6،300 ކިލޯމީޓަރަށް ދަތުރުކުރާ ޔަންގްޒީ ކޯރަކީ ހަމައެކަނި އެގައުމުގެ ސަގާފީ އަދި ތާރީހީ ހަޒާނާއެކެވެ. ޓިބެޓުގެ ޕްލެޓޫގެ އުސް ފަރުބަދަތަކުން ފެށިގެން ހަލަބޮލި ސިޓީތަކާ ހަމައަށް، ޗައިނާގެ ހަޟާރާތް ތަރައްގީވުމުގައި ޔަންގްޒީ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ކޯރަކީ ޗައިނާއިން ވަލު ޖަނަވާރުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގެ ރަމްޒެއް ކަމަށްވާ ޖަޔަންޓް ޕެންޑާތަކަށް ވެސް ގެއެކެވެ.

ޔަންގްޒޭ ކޯރުގެ ބައެއް
ޔަންގްޒޭ ކޯރުގެ ބައެއް

ޔަންގްޒޭ ކޯރުގެ ބައެއް

2. އެމެޒޯން ކޯރު

ދެކުނު އެމެރިކާގެ އެމެޒޯން ޖަންގަލީގެ މެދުގައިވާ އެމެޒޯން ކޯރަކީ ގާތްގަނޑަކަށް 6،400 ކިލޯމީޓަރު ދިގު ކޯރެކެވެ. މި ބާރުގަދަ ކޯރަކީ "ބަޔޯޑައިވާސިޓީ ހޮޓްސްޕޮޓް" އެކެވެ. އެހެންކަމުން އަޖައިބު ކުރުވަނިވި ތަފާތު ވައްތަރުގެ ގަސްގަހާގެއްސާއި ޖަނަވާރުތައް ކޯރު ކައިރީ ދިރިއުޅެވެ. އެގޮތުން ކޯރުގައި ފީނަމުންދާ "ޕިންކް ރިވާ ޑޮލްފިން" ތަކުން ފެށިގެން މަތީގަ އުދުހޭ "މެކައު" ތަކާ ހަމައަށް، އެމެޒޯން ކޯރަކީ އަހަރެމެންގެ ދުނިޔޭގެ އިކޯސިސްޓަމްތަކުގެ ހަމަޖެހުމަށް ފަހިކޮށްދޭ ހަލަބޮލި މަގެކެވެ.

އެމެޒޯން ކޯރުގެ ބައެއް
އެމެޒޯން ކޯރުގެ ބައެއް

އެމެޒޯން ކޯރުގެ ބައެއް

1. ނީލަ ކޯރު

އެފްރިކާގެ އިރުއުތުރުން 6،695 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވާ ނީލަ ކޯރަކީ ހަމައެކަނި ކޯރެއް ނޫނެވެ. އެއީ ތަހުޒީބުގެ ތަންމަތީގެ ހެއްކެކެވެ. ގަދީމީ މިސްރުގެ މީހުން ބަރޯސާވެފައިވަނީ އޭގެ އަހަރީ އުދައެރުމަށެވެ. އޭގެ ފެނުން ކޯރުގެ އައްސޭރީގައިވާ ބިންތައް ތެއްމާލާ ދަނޑުހެއްދުމަށް އެހީތެރިވެދިނެވެ. ނީލަ ކޯރަކީ ދުނިޔޭގެ އެންމެ ކުރީގެ އަދި އެންމެ ކުރިއަރާފައިވާ އެއް މުޖުތަމައު ތަރައްގީވުމުގައި މުހިންމު ދައުރެއް އަދާކުރި ބައިވެރިއެކެވެ.

ނީލަން ކޯރުގެ ބައެއް
ނީލަން ކޯރުގެ ބައެއް

ނީލަން ކޯރުގެ ބައެއް

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox