ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން އޭސީސީން ކޯޓަށް ގޮސްފި

ފުލުހުންގެ އިސް އޮފިސަރުންތަކެއް ޖަލްސާއެއްގައި ބައިވެރިވަނީ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް ޖަލްސާއެއްގައި ބައިވެރިވަނީ.

ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ކޯޓުގައި އެދިފައިވާކަން "އަދަދު" އަށް އެނގިއްޖެ އެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޕްރޮމޯޝަން ދިނުން މަޑުޖައްސާލަން އޭސީސީން ސިވިލް ކޯޓުގައި އެދުނީ އޮކްޓޯބަރު 22, 2023 ގައި އެކޮމިޝަނުގެ މެމްބަރު ޝަޒްނާ ހާޝިމް ސޮއިކުރައްވައި ފޮނުވި ސިޓީއެއްގެ ޒަރިއްޔާއިންނެވެ. އެއީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ކުއްލިއަކަށް މަތީ ރޭންކުތަކުގެ އޮފިސަރުންނަށް ޕްރޮމޯޝަން ދެމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޕްރޮމޯޝަން ދިނުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތަކާއި އެކަމުގެ އަމަލުކުރާ އުސޫލު ހޯދުމުގެ އަމުރަކަށް ވެސް އޭސީސީން އެދިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭސީސީން އެދުނު ގޮތަށް އަމަލުކޮށްފައި ނުވާތީ ފުލުހުންނާ ދެކޮޅަށް ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިޔުމަށް އޭސީސީން ނިންމީ ނޮވެމްބަރު 23, 2023 ގައި ބޭއްވި އެ ކޮމިޝަނުގެ މަޝްވަރާ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ.

އެ މައްސަލާގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން ފުލުހުން އެދުމާ ގުޅިގެން ނޮވެމްބަރު 13, ގައި ހުސައިން ޝަމީމް ވަނީ އޭސީސީން ގާނޫނީ އަސާސެއް އެ އެންގުމުގައި ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި, އެކަމަށް ރިއާޔަތްކޮށް އެ އެންގުމަށް ތަބާވުން ލާޒިމު ނޫން ކަމަށް ވެސް ޝަމީމް ލަފާ ދެއްވާފައިވެ އެވެ.

އިންތިހާބާ ދިމާކޮށް ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް ނިންމައި އެކަން ހުއްޓުވައިދޭން އޭސީސީން އެދުނު ނަމަވެސް މި ނިމެމުންދާ 2023 ވަނަ އަހަރު ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް އެކި ފަހަރު މަތިން ފިނޭންސްގެ ހުއްދައަށް އެދިފައިވާކަން އެނގެ އެވެ. އެކަމާ ގުޅޭގޮތުން ހުރި ހުރިޔާ ލިޔެކިޔުމެއް ވެސް އޭސީސީއަށް ދީފައިވެ އެވެ.

ފިނޭންސްގެ ހުއްދައާއެކު އެކި ފަހަރު މަތިން 920 ފުލުހުންގެ ގްރޭޑް މަތިކޮށް 539 ފުލުހުންގެ ރޭންކް މަތިކޮށް އެ ހިދުމަތުގައި މަސައްކަތްކުރާ 168 އާންމު މުވައްޒަފެއްގެ މަގާމު މިއަހަރުގެ ތެރޭގައި މަތިކޮށްފައިވާކަން ލިޔެކިޔުންތަކުން ސާފުވެ އެވެ.

އޭގެ އިތުރުން, ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކުރިއެރުން ދިނުމަށް ހުށަހެޅުމުގެ ފުރުސަތު އެ ހިދުމަތުގެ އެތެރޭގެ ދެންނެވުމަކުން ތިން ފަހަރެއްގެ މަތިން އާންމުކޮށް ހުޅުވާލި އެވެ. އެންމެފަހުން އެފަދަ ފުރުސަތަކަށް ހުޅުވާލީ އިންތިހާބުގެ ދެ ބުރުގެ ދޭތެރެއިން, ސެޕްޓްމެބަރު 26، ވަނަ ދުވަހު އެވެ.

ކުރިއެރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދުނު ފުލުހުންނާއި އާންމު މުވައްޒަފުންނަށް ވެސް ކުރިއެރުން ދިނުމަށް ފިނޭންސްގެ ހުއްދަ ލިބުމާ އެކު ނޮވެމްބަރު 14, ގައި 220 ފުލުހުންނަށް ރޭންކުގެ ކުރިއެރުން ދީފައިވެ އެވެ.

އޭސީސީން ސިވިލް ކޯޓުގައި އެދިފައިވާ އަމުރު މިހާތަނަށް ނެރެދީފައިނުވާއިރު އެ ދައުވާއަށް ދައުލަތުގެ ފަރާތުން ލިޔެކިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އިއްޔެއަށް އޮތީ ހަމަވެފަ އެވެ. ޖަވާބުދާރީވުމަށް ބޭނުންވާ ލިޔެކިޔުންތައް ބަންޑާރަ ނައިބުގެ އޮފީހުން ހޯދަން އެދުނީ ޑިސެމްބަރު 5, ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox