ޔޫނުސް ޕޮލިސް އެކެޑަމީއަށް ބަދަލުކޮށް، ޝިފާން ކޮމިޝަނަރުގެ އޮފީހަށް

Dec 7, 2023, 4:28 AM
ޔޫނުސް ޕޮލިސް އެކެޑަމީއަށް ބަދަލުކޮށް، ޝިފާން ކޮމިޝަނަރުގެ އޮފީހަށް

ޕޮލިސް ކޮލެޖުގެ ވެރިޔަކަށް ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން، ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށް، އެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު، ޔޫނުސް ސޮބާހް ޕޮލިސް ކޮލެޖުގެ ވެރިޔަކަށް އައްޔަންކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ވަނީ މިކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ހެޑް އޮފް އޮފީސް އޮފް ކޮމިޝަނަރު މަގާމުގައި ހުންނަ ބޭފުޅެއްގެ ޒިންމާއަކީ ފުލުހުންގެ ސްޓްރެޓެޖިކް ޕޮލިސީތައް އެކުލަވާލައި ތަންފީޒުކުރުމާއި، ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ ޒިންމާ އަދާކުރުމުގެ އިތުރުން ފުލުހުންގެ އިދާރީ ކަންކަން ވެސް ހިންގުމުގެ އެންމެ އިސް ދައުރެއް އަދާކުރުމެވެ.

Advertisement

އެ މަގާމަށް އަލަށް އައްޔަން ކުރި ޝިފާނަކީ އޮސްޓްރޭލިޔާއިން ތައުލީމު ހާސިލު ކުރެއްވުމުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ޕޮލިސް ކޮލެޖުތަކުން ތަމްރީނުވެފައިވާ ބޭފުޅެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޝިފާނު ހުންނެވީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ވެރިޔަކަށެވެ. އަދި ފުލުހުންގެ ތަރުޖަމާނުގެ މަގާމުގަ އެވެ.

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީއަށް ބަދަލުކުރި ޔޫނުސް ސޮޕާހަކީ ޖިނާއީ ކުށުގެ އިލުމުގެ ދާއިރާއިން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅެކެވެ، އޭނާ 2013 ވަނަ އަހަރު ފުލުހުންގެ ހިދުމަތުން އިސްތިއުފާ ދެއްވުމަށް ފަހުން އަލުން އެ ހިދުމަތާ ގުޅިވަޑައިގަތީ ނިމިގެން ދިޔަ ވެރިކަމުގަ އެވެ.

ސޮބާހު 1996 ވަނަ އަހަރު ގުޅިވަޑައިގަތީ ނެޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox