ވަކިކުރި މީހުން އައްޔަންކުރެވުނީ ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ފަތްކޮޅު ފަހުމީ ހަސަންއަށް އަރުވަނީ: މި ސަރުކާރުން އައްޔަނުކުރި މީހުންގެ ތެރެއިން މަގާމުން ވަކިކުރި ފުރަތަމަ މީހަކީ ފަހުމީ -- ފޮޓޯ/ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ފަތްކޮޅު ފަހުމީ ހަސަންއަށް އަރުވަނީ: މި ސަރުކާރުން އައްޔަނުކުރި މީހުންގެ ތެރެއިން މަގާމުން ވަކިކުރި ފުރަތަމަ މީހަކީ ފަހުމީ -- ފޮޓޯ/ރައީސް އޮފީސް

ސަރުކާރަށް ދެ ހަފުތާ ނުވަނީސް މަގާމުތަކުން ވަކިކުރަން ޖެހުނު މީހުން އެ މަގާމުތަކަށް އައްޔަނުކުރެވުނީ ބައެއް ކަންކަން ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ދެ ސްޓޭޓް މިނިސްޓަރުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އައްޔަނުކުރި ބޯޑު މެމްބަރަކު މަގާމުން ވަކިކުރި އެވެ.

އެގޮތުން ފުރަތަމަ ވަކިކުރީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަން އެވެ. އޭނާ މަގާމުން ވަކިކުރީ އާންމުންގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެވެ. ފަހުމީ އެ މަގާމަށް އައްޔަނުކުރުމުން އާންމުންގެ ގިނަ ބަޔަކު ނުރުހުނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމުން ވަކިކޮށްފައި ވާތީ އެވެ.

Advertisement

ދެން ވަކިކުރީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް އަނީސް އެވެ. އޭނާ ވަކިކުރި ސީދާ ސަބަބެއް ރައީސް އޮފީހުން ހާމަނުކުރި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އޭނާ ވަކިކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބުކުރަން އަމަލީ ގޮތުން ކެމްޕެއިންގެ ބައިވެރިވެފައިވާތީ އެވެ.

މަގާމުން ވަކިކުރި ތިން ވަނަ މީހަކީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުގުނީ އެވެ. އޭނާއަށް ޕީސީބީގެ މެމްބަރުކަން ދިންތާ ތިން ދުވަސް ނުވަނީސް މުގުނީއާ ނުލައި ރައީސް މުއިއްޒު އަލުން އެ ބޯޑު އެކުލަވާލެއްވި އެެވެ.

މިހާ ކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުގެ މަތީފަޑިއަށް އައްޔަނުކުރި ބަޔަކު ވަކިކުރެއްވީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެކަން އެގޮތުން ހިނގައި ދިޔައި އިދާރީ ގޮތުން ހެދުނު ގޯހެއްގެ ސަބަބުން ކަމަށެވެ.

"އައްޔަނުކުރި ދެ ތިން ބޭފުޅަކު ވަޒީފާއިން ވަކިކުރިން، ދެން އެއީ އިދާރީ ގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ، އައްޔަނުކުރި އިރުގައި ބައެއް ކަންތައްތައް ޗެކު ނުކުރެވި އައްޔަނުކުރެވުނު ކުރުން އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ޖަވާބާ ވިއްދައިގެން، ޗެކު ނުކުރެވުނީ ކޮން ކަމެއްތޯ ނޫސްވެރިޔާ ސުވާލުކުރުމުން، އިތުރު ތަފްސީލަކަށް ވަޑައިނުގެން ރައީސް މުއިއްޒު ވިދާޅުވީ ބައެއް މައުލޫމާތުތައް ޗެކު ނުކުރެވި ހުރި ކަމަށެވެ. އަދި މުސްތަގުބަލުގައި އެކަހަލަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ރައްޔިތުންނަށް ދެއްވި އެވެ.

"އެކަން އަޅުގަނޑުމެން ރަނގަޅު ކުރާނަން ކުރިއަށް އޮތް ތަނުގައި. މިހާރު ދެން ނުވާނެ އެކަހަލަ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox