އާސެނަލް އެއް ވަނަ މަގާމުގައި، ނިއުކާސަލުން ޔުނައިޓެޑް ބަލިކޮށްފި

Dec 3, 2023, 6:09 AM
އާސެނަލް އެއް ވަނަ މަގާމުގައި، ނިއުކާސަލުން ޔުނައިޓެޑް ބަލިކޮށްފި

ލަންޑަން (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް އަތުން 2-1 އިން މޮޅުވެ، އާސެނަލުން އެއް ވަނަ މަގާމު ދެމެހެއްޓިއިރު، ނިއުކާސަލް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅެ، 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

އާސެނަލް އެއް ވަނައިގައި އޮތީ 14 މެޗުން 33 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 13 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިވަޕޫލާއި ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 13 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލުން އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ރޭގެ މެޗުގެ 13 މިނިޓް ތެރޭ އެ ޓީމުން ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ބުކާޔޯ ސަކާ އާއި މާޓިން އޮޑެގާޑް އެވެ. ވުލްވްސް އިން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އާސެނަލަށް ޕްރެޝަރު ކޮށްލި އެވެ. އެ ގޮތުން، ވުލްވްސްގެ މަތެއުސް ކޫންޏާ ވަނީ 86 ވަނަ މިނިޓްގައި ގޯލެއް ޖަަހައިފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖަހަން ވުލްވްސް އިން ކުރި މަސައްކަތް އާސެނަލުން ވަނީ ކާމިޔާބުވިޔަ ނުދީފަ އެވެ.

ނިއުކާސަލް އިން ރޭ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދި މެޗުގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ކިއެރަން ޓްރިޕިއޭ ދިން ބޯޅައަކުން މި ލަނޑު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އެންތަނީ ގޯޑަން އެވެ. ފުރަތަމަ ހާފުގައި ޓްރިޕިއޭ ވެސް ގޯލެއް ޖެހުމާ ގާތަށް ޖެހިލި އެވެ.

މަހެއްހާ ދުވަސް ތެރޭ ޔުނައިޓެޑް އަތުން ހޯދި ދެ ވަނަ މޮޅާ އެކު ނިއުކާސަލް ވަނީ ލީގުގެ ފަސް ވަނަ އަށް އަރައިފަ އެވެ. އެއީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 14 މެޗުން 24 ޕޮއިންޓާ އެކު އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބްރެންޓްފޯޑުން 3-1 އިން ލޫޓަން ބަލިކުރިއިރު، ބާންލީން ވަނީ 5-0 އިން ޝެފީލްޑް ޔުނައިޓެޑް އަތުން މޮޅުވެފަ އެވެ. އަދި އެވަޓަން އިން ވަނީ 1-0 އިން ނޮޓިންހަމް ފޮރެސްޓް ދަނޑުގައި މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox