ރޯދަމަހުގެ ފަހަށް މަޖިލިސް އިންތިހާބު ލަސްކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާނެ ފުރުސަތެއް ނޯންނާނެ: ހަބީބް

ރޯދަމަހުގެ ފަހަށް މަޖިލިސް އިންތިހާބު ލަސްކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާނެ ފުރުސަތެއް ނޯންނާނެ: ހަބީބް

މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކުރި ގޮތަށް، ރޯދަމަހުގެ ފަހަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާންޖެހޭ ހާލަތުގައި އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކޮމެޓީން މިއަދު ނިންމި ނިންމުމަށް ފުރިހަމައަށް އިހުތިރާމު ކުރައްވާކަން ފާހަގަ ކުރައްވައި ހަބީބު ވިދާޅުވީ ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވާނަމަ، ދެވަނަ ބުރަކަށް ދާންޖެހޭ ހާލަތުގައި އެކަން ކުރުމަށް ގާނޫނު ތަން ނުދޭ ކަމަށެވެ.

ނަމަވެސް މަޖިލީހުން ދެއްވި ލަފަޔާ މެދު އިލެކްޝަންސް ކޮމިޝަނުން އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި ގޮތެއް ނިންމާނީ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު ކަމަށް ހަބީބު ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ގޮތުން މި ހިނގާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބުގެ ހުރިހާ ކަންތައްތަކެއް ކޮށް ނިންމަން ޖެހެ އެވެ. ގާނޫނުގައި ބުނާ 30 ދުވަސް ހަމަވާ ތާރީހަކީ އޭޕްރިލް 28 އެވެ. މި ފެށޭ އަހަރުގެ ރޯދަ މަސް ނިމޭނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ދުވަހަކީ އޭޕްރިލް 9 ނުވަތަ އޭޕްރިލް 10 އެކެވެ.

އެހެންކަމުން ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ދެވަނަ ބުރުގެ ކުރިން ކެމްޕޭނު ކުރުމަށާއި އެހެނިހެން ހުރިހާ ކަމަކަށް ދޭންޖެހޭ 15 ދުވަހުގެ މުއްދަތު ދިނުމަށްފަހު ގާނޫނުގައި ބުނާ 30 ދުވަހުގެ ކުރިން އިންތިހާބު ހުރިހާ ކަންތައްތަކެއް ނިންމުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ހަބީބް ވިދާޅުވީ މިހާރު އޮތް ގޮތުން ނަމަ، އެންމެ ކުރިން ބޭއްވޭނެ ތާރީހުގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު ވެސް ފަހިވެފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ކުރިން ކަންބޮޑުވުން ފާޅު ކުރީ އެ ތާރީހު އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުން ނަގާ މޮކް އެގްޒާމްއާ ދިމާވާތީ އިންތިހާބު ބާއްވާ މަރުކަޒުތައް ހަމަޖެއްސުމުގައި ދަތިތަކެއް ހުންނާނެތީ އެވެ.

ނަމަވެސް މޮކް އެގްޒާމް ރޯދައިގެ ކުރިއަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓަރީން ނިންމާފައި ވާތީ މާޗު 18، 2024 ގައި މަޖިލިސް އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމުގެ ފުރުސަތު މިހާރު ފަހިވެފައި ވާކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް އެ ހާލަތުގައި، ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ދެ ވަނަ ބުރުގެ އިންތިހާބު ބޭއްވޭނެ ތާރީހު ދިމާވަނީ ރޯދަ މަހުގެ ފަހު ދިހައެއްގެ ފުރަތަމަ ދުވަހަށް ވާތީ، ވޯޓު ލާން ދާ މީހުންގެ އަދަދު މަދުވެދާނެތީ އެކަމުގެ ކަންބޮޑުވުން ހަބީބު ފާހަގަ ކުރެއްވި އެވެ.

"[ދެވަނަ ބުރަކަށް ގޮސްފި ނަމަ] ބޭއްވޭނެ ދުވަހަކީ ރަމަޟާން މަހުގެ 20 ވަނަ ދުވަސް، އެއީ ފަހު ދިހައެއްގެ ފުރަތަމަ ދުވަަސް ކަމަށްވުމުން ވޯޓުލާ މީހުންގެ އަދަދު މަދުވެދާނެތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވަން،" ހަބީބު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިހާބު ކުރަން ބާއްވަންޖެހޭ އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ގޮތެއް އޮތްތާ ބަލަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅީ ރޯދައިގެ ތެރޭގައި ނުވަތަ ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ، ހުރި ދަތިތަކެއް ފާހަގަކޮށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމަށް 120 ދުވަސް ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި މަޖިލިސް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި އެކަން ކޮމިޝަނުން އަންގަންޖެހެ އެވެ. އެބުނާ 120 ދުވަސް ހަމަވާނީ އަންނަ ޖެނުއަރީ 28، 2024 ގަ އެވެ.

ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބު ބާއްވައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމަންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. އެ މުއްދަތަށް ބަލާނަމަ އިންތިހާބާ ގުޅޭ އެންމެހާ ކަންތައްތައް ނިންމަންޖެހޭ އެންމެ ފަހު ތާރީހަކީ އޭޕްރީލް 28، 2024 ގަ އެވެ.

ހަބީބް އޭރު ފާހަގަކުރެއްވި ގޮތުގައި ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަލައިގެން އިންތިހާބަށް ތައްޔާރުވާ ނަމަ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނީ ޖެނުއަރީ 30 ގަ އެވެ. އަދި ކުރިމަތިލާ މީހުންނަށް އެކަމަށް 14 ދުވަހުގެ މުއްދަތެއް ދީނުމަށްފަހު ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ލިސްޓު ތަރުތީބުކޮށް އިއުލާނުކުރެވޭނީ ފެބްރުއަރީ 17، ގައި ކަމަށް ހަބީބު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއްދަތުން ފެށިގެން އިންތިހާބާ ދޭތެރޭ 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާތީ 30 ދުވަސް ދިނުމުން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ތާރީހަކީ މާޗް 18، 2024 ގަ އެވެ. އެއީ ރޯދަ މަހުގެ ނުވަ ވަނަ ދުވަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox