ރިޓަޔާ ކުރައްވަން ހުށަހެޅުއްވި މަންނާނު އަލުން އަނބުރާ އެކްޓިން ކޮމިޝަނަރަކަށް

އެކްޓިން ކޮމިޝަނަރު މަންނާނު: އޭނާ ވަނީ ފުލުހުންގެ ހިދުމަތުގައި 29 އަހަރު ހޭދަކުރައްވާފައި --- ފޮޓޯ: ފައިލް

އެކްޓިން ކޮމިޝަނަރު މަންނާނު: އޭނާ ވަނީ ފުލުހުންގެ ހިދުމަތުގައި 29 އަހަރު ހޭދަކުރައްވާފައި --- ފޮޓޯ: ފައިލް

އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވުމަށްފަހު ރިޓަޔާ ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްއާ އަނެއްކާ ވެސް އެ މަގާމު ހަވާލުކޮށްފި އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ނޮވެމްބަރު 19, ގައި އޭނާ ރިޓަޔާ ކުރައްވަން ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް, އާ ކޮމިޝަނަރެއް އައްޔަނު ކުރުމާ ހަމައަށް އެ މަގާމުގައި ދެމިހުންނެވުމަށް ސަރުކާރުން އެދިވަޑައިގަތުމާ ގުޅިގެން މަންނާނު ވަނީ އަލުން އަނބުރާ މިއަދުން ފެށިގެން އެ މަގާމާ ހަވާލުވެވަޑައިގަނެފަ އެވެ.

މިދިޔަ ސަރުކާރުގައި ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ނޮވެމްބަރު 15, ގައި އެ މަގާމުން ރިޓަޔާ ކުރެއްވުމާއެކު މަންނާނު އެކްޓިން ކޮމިޝަނަރަކަށް ހަމަޖެއްސީ ނޮވެމްބަރު 16, ގަ އެވެ. އޭގެ ތިން ދުވަސް ފަހުން އޭނާ ރިޓަޔާމަންޓު ހުށަހެޅުއްވި އެވެ.

ޕޮލިސް ބޯޑުގެ ނިންމުމެއްގެ ދަށުން ފުލުހުންގެ އިދާރާއިން ވަކިކޮށްފައި ހުރި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރަން މަސައްކަތް ކުރަމުންދާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީއިން ތައުލީމް ހާސިލް ކުރެއްވުމަށް ފަހު މަންނާނު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. މަންނާން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މީގެ 29 އަހަރު ކުރިންނެވެ.

އޭނާއަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އަދި ޔޫތު ކްރިމިނަލް ޖަސްޓިސްގެ ދާއިރާގައި މިވަގުތު އެންމެ ތަޖުރިބާކާރު އެއް އިންވެސްޓިގޭޓަރެވެ.

ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ދެން އައްޔަން ކުރައްވާނީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އާ ކޮމިޝަނަރަކު އައްޔަނުކުރަން ޖެހޭއިރު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް އާންމުކޮށް ހުޅުވާލަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox