ކްރިމިނަލް އިންވެސްޓިގޭޝަން ހެޑް ކަމުން ރިޔާޒު ދުރުކޮށްފި، އިންޓެލިޖެންސްގެ ވެރިޔަކަށް ޝަމީމް

ރިޔާޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވަނީ. އޭނާ ހުންނެވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރިޔާޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަންނަވަނީ. އޭނާ ހުންނެވީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ އިސްވެރިޔަކަށް ހުންނެވި އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މަގާމުން ދުރުކޮށް އިންޓެލިޖެންސްގެ ވެރިޔަކަށް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އިސްމާއީލް ޝަމީމް ހަމަޖައްސައިފި އެވެ.

"އަދަދު" ނޫހަށް ޔަގީން ކުރެވިފައިވާ ގޮތުގައި އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވި ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ފަރީދު އިސްމާއީލްގެ ބަދަލުގައި ވަގުތީގޮތުން ޝަމީމް ވަނީ އެ މަގާމަށް ހަމަޖައްސާފަ އެވެ. އޭގެ ބަދަލުގައި ފަރީދުއާ ހަވާލުކޮށްފައި ވަނީ ކޮން މަސްއޫލިއްޔަތުތަކެއްކަން މިހާތަނަށް އެނގިފައި ނުވެ އެވެ.

އޭސީޕީ ރިޔާޒުގެ މަގާމު ބަދަލު ކުރި ނަމަވެސް އޭނާއަށް އެހެން މަސްއޫލިއްޔަތުތަކެއް މިހާތަނަށް ހަވާލުކޮށްފައި ނުވާކަން ވެސް ވަނީ ޔަގީން ކުރެވިފަ އެވެ. ކްރިމިނަލް އިންވެސްޓިގޭޝަންގެ ވެރިޔަކަށް ވަގުތީގޮތުން ޗީފް ސުޕްރިޓެންޑެންޓު އަހުމަދު ނާފިޒު ވަނީ ހަމަޖައްސާފަ އެވެ.

އަދި, ސެކިއުރިޓީ އިންޓެލިޖެންސްގެ ވެރިޔަކަށް ވެސް އިންސްޕެކްޓަރު އަތީގުއް ރަހުމާން ހަމަޖައްސާފައިވާކަން ވެސް "އަދަދު" ނޫހަށް ވަނީ ޔަގީން ކުރެވިފަ އެވެ.

ރިޔާޒު އެސިސްޓަންޓު ކޮމިޝަނަރަކަށް އައްޔަނުކުރީ މާޗު 6, 2019 ގަ އެވެ. އެއީ ސެޕްޓެމްބަރު, 2017 ގައި އޭނާ ސުލޫކީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރުމަށް ފަހު ސިވިލް ކޯޓުން ޑިސެމްބަރު, 2018 ގައި އޭނާއާ އެއްކޮޅަށް ކުރި ހުކުމާ އެކު ފުލުހުންގެ ވަޒީފާއާ އަލުން ގުޅިވަޑައިގެން ހުންނަވަނިކޮށެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގި ބޮޑެތި ކުށްތަކުގެ ތަހުގީގުތަކުގައި ރިޔާޒު އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox