މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅައިފި

އީސީގެ މެމްބަރުން މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އީސީގެ މެމްބަރުން މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް މެމްބަރުން އިންތިހާބުކުރަން އަންނަ އަހަރު ބާއްވަންޖެހޭ އިންތިހާބު ރޯދަމަހުގެ ކުރިން ބޭއްވޭނެ ގޮތެއް އޮތްތޯ ބަލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީސީ އާ ބައްދަލުކުރުމުން އެ ކޮމިޝަނުން ވަނީ މަޖިލިސް އިންތިހާބު ބޭއްވުމަށް ހުރި ދަތިތައް އެ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ދައުރު ހަމަވުމަށް 120 ދުވަސް ހަމަވާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭ މަޖިލިސް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައި އެކަން ކޮމިޝަނުން އަންގަންޖެހެ އެވެ. އެގޮތަށް، 120 ދުވަސް ހަމަވާނީ ޖެނުއަރީ 28، 2024 ގަ އެވެ.

އަދި ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބު ބާއްވައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ނިންމަންޖެހެ އެވެ. އެ މުއްދަތަށް ބަލާނަމަ އިންތިހާބާ ގުޅޭ އެންމެހާ ކަންތައްތައް ނިންމަންޖެހޭ އެންމެ ފަހު ތާރީހަކީ އޭޕްރީލް 28، 2024 ގަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ފާހަގަކުރެއްވި ގޮތުގައި ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކަށް ބަލައިގެން އިންތިހާބަށް ތައްޔާރުވާ ނަމަ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލެވޭނީ ޖެނުއަރީ 30، އިން ފެށިގެންނެވެ. އަދި ކުރިމަތިލާ މީހުންނަށް އެކަމަށް 14 ދުވަހުގެ މުއްދަތެއް ދީ ކެންޑިޑޭޓު ނަމްބަރު ތަރުތީބު ކުރުމުގެ ކަންތައް ކުރިއަށްގެންގޮސް ލިސްޓު ތަރުތީބުކޮށް އިއުލާނުކުރެވޭނީ ފެބްރުއަރީ 17، ވަނަ ދުވަހު ކަމަށް ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުއްދަތުން ފެށިގެން އިންތިހާބާ ދޭތެރޭ 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާތީ 30 ދުވަސް ދިނުމުން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ތާރީހަކީ މާޗް 18، 2024 ގަ އެވެ. އެއީ ރޯދަމަހުގެ ނުވަ ވަނަ ދުވަހެވެ. ނަމަވެސް އޯލެވެލް އަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުތަކުގެ މޮކް ޓެސްޓުތައް މާޗް 17، އިން 28 އަށް ބާއްވަން ނިންމާފައިވާތީ އެ ދުވަސްވަރު ވޯޓުލާނެ މަރުކަޒުތައް ހަމަނުޖެއްސޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އެހެންވެ ދެން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހެއް ކަމަށް އޭނާ ވިދާޅުވީ މާޗް 30، 2024 އެވެ. އެއީ ރޯދަމަހުގެ 20 ވަނަ ދުވަހެވެ. އަދި ދެވަނަ ބުރެއް ބާއްވަންޖެހިއްޖެ ނަމަ އެބުރުގެ ވޯޓުލުން ބޭއްވޭނީ އޭޕްރީލް 20، ވަނަ ދުވަހު ކަމަށާއި އޭރުން ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނީ އޭޕްރީލް 27، ގައި ކަމަށް ވިދާޅުވި އެވެ. އޭރުން އިންތިހާބު ބާއްވައި ނިމޭނީ ގާނޫނުގައި ބުނާ 30 ދުވަސް ހަމަވުމުގެ އެއް ދުވަސް ކުރިންނެވެ.

އެ ކަންބޮޑުވުންތަކާއެކު އީސީން ވަނީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން ހުށަހަޅާފަ އެވެ. އެކަމަށް އެ ކޮމިޝަނުން ދެ ގޮތެއް ހުށަހެޅި އެވެ.

ފުރަތަމަ ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް 9، ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ އެވެ.

އީސީން ހުށަހެޅި ދެވަނަ ގޮތަކީ އިންތިހާބު އިއުލާނުކުރަންޖެހޭ ކަމަށް ގާނޫނޫގައި ބުނާ 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އިންތިހާބު އަވަހަށް ބޭއްވުމުގެ ފުރުސަތު އީސީއަށް ލިބޭނެ އެވެ.

އީސީގެ މި ހުށަހެޅުންތަކަށް ގޮތެއް ނިންމާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިތުރަށް ބަހުސް ކުރުމަށް ފަހެވެ.

އިންތިހާބު ބާއްވާ ދުވަސްތަކަށް އީސީން ގެންނަން ބޭނުންވާ މި ބަދަލުތަކާ ގުޅިގެން ހިޔާލު ހޯދުމަށް ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރަން ވެސް ވަނީ ރާވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox