އައްޑޫ ސިޓީ ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ދަންވަރު 12:40 ހާއިރުކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަ؛ލް ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ޑިޔުޓީ ކުރާ ސްޕެޝަލް ކޮންސްޓޭބިޔުލަރީ ފުލުހަކު ގެއްލިގެން ހޯދަން ފެށީ ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނާތީ ކަަމަށެވެ. އޭނާ ފެނުނީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުން ރޭ ދަންވަރު 01:40 ހާއިރުކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ނިޔާވީ 22 އަހަރުގެ ފިރިހެން ފުލުހުކެވެ. އެނގިފައިވާ ގޮތުގައި އެއީ ހިތަދޫ، ޒޫމް ޕްލަސް، ޔަމަން ފިރާގު، 22، އެވެ.
ފުލުހުން ގެންދަނީ އެކަމުގައި ބަލަން ޖެހޭ ކަންތައްތައް ބަލަމުންނެވެ.













