ކުޅުދުއްފުށިން ގެއްލިިގެން ހޯދަމުންދިޔަ ލަންދޫގެ، އަބްދުﷲ އިބްރާހިމް 39އ، ފެނިފައިވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ޖެހި ލިއުމެއްގަައި ފުލުހުން ބުނީ އަބްދުﷲ އިބްރާހީމް ހުރީ މާލޭގައި ކަމާއި ހާލު ރަނގަޅުކަމަށް ނޮވެމްބަރު 16، ވަނަ ދުވަހު އޭނާގެ އާއިލާއަށް ގުޅައި އަންގާފައިވާ ކަމަށެވެ.
އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.
އަބްދުﷲ ގެއްލުނީ ނޮވެމްބަރު ދެވަަނަ ވަނަ ދުވަހު ކަމަށާއި، އާއިލާގެ އެއްވެސް މީހަކަށް ހަބަރެއް ނުވެ އަބްދުﷲ މާލެއައި ކަމަށް އޭނާގެ އާއިލާއިން އޭރު ބުންޏެވެ. އޭނާ ގެއިން ނުކުމެގެން ދާންޖެހޭ ވަރުގެ އެއްވެސް ކަހަލަ މައްސަލައެއް ނުވަތަ ހައިޖާނެއް ގޭތެރޭގައި ވެސް ނުހިނގާ ކަމަށް ވެސް އާއިލާއިން އޭރު ބުންޏެވެ.
މާލެ ތެރެއިން އޭނާ ފެނިގެން ދަންނަ ބައެއް މީހުން އާއިލާއަށް ގުޅިކަމަށް ވެސް ފަހުން ބުންޏެވެ.













