އާރުޑީސީގެ ޕެޓީކޭޝް ތަހުގީގު: 12 ގަޑިއިރުގެ ބަލައިފާސްކުރުމަށް ފަހު ލޮރީއެއްގެ ލިޔެކިޔުން ފުލުހުންގެ ބެލުމުގެ ދަށަށް!

އާރުޑީސީ ބަލައިފާސްކުރުމަށް ފަހު ނެރުނު ލިޔުންތައް ފުލުހުންގެ ލޮރީއަށް އަރުވަނީ.

އާރުޑީސީ ބަލައިފާސްކުރުމަށް ފަހު ނެރުނު ލިޔުންތައް ފުލުހުންގެ ލޮރީއަށް އަރުވަނީ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހަށް އިއްޔެ ފުލުހުން ވަދެ ގާތްގަނޑަކަށް އެ އޮފީސް 12 ގަޑިއިރު ވަންދެން ބަލައިފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުން ތަހުގީގުގެ ބޭނުމަށް ގެންގޮސްފި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިއްޔެ ހެނދުނު 10:30 ހާއިރު އާރުޑީސީ އަށް ވަނީ، އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި "ޕެޓީ ކޭޝް"ގެ މައްސަލައިގެ ތަހުގީގަށެވެ.

އެ އޮފީހުގެ މުވައްޒަފަކު ބުނި ގޮތުގައި ފުލުހުން ވަދެ ކޮންމެ ޑިޕާޓްމެންޓެއްގައި އެންމެ މުވައްޒަފަކު ބެހެއްޓުމަށް ފަހު އެހެން މުވައްޒަފުން ނެރުނެ އެވެ. އެއަށް ފަހު ބަލައިފާސްކުރަން ދެން އޮފީހަށް ވަދެވުނީ ހުއްދަ ދޭ ބަޔަކަށެވެ.

އާރުޑީސީގެ އޮފީސް ބަލައިފާސްކުރުމަށް ފަހު ފުލުހުން ނުކުތީ ރޭ 11:00 ހާއިރު އެވެ. ފުލުހުންގެ ވެހިކަލަކަށް އާރުޑީސީގެ ގިނަ ދަދަދެއްގެ ފައިލްތަކާއި ލިޔެކިޔުން ބަރުކޮށްގެން ގެންދިޔަ އެވެ.

"ވަރަށް ގިނަ އަދަދެއްގެ ލިޔުންތައް ގެންދިޔަ،" އެ ކުންފުނީގެ މުވައްޒަފަކު ބުންޏެވެ.

"އޮފީހުން ވަރަށް ބޮޑަށް އެއްބާރުލުން ދިން [ތަހުގީގަށް]."

ފުލުހުންނާއި އޭސީސީން ބަލަމުން ދަނީ އާރްޑީސީގެ ބީއެމްއެލް އެކައުންޓުން، އެކި ފަހަރު މަތިން ޖުމުލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައިގަ އެވެ.

އެ ފައިސާ ޖަމާކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކަމަށް ބުނެ މީޑިއާތަކުން ކުރިން ރިޕޯޓު ކުރިއެވެ. ނަމަވެސް އާރްޑީސީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އެގޮތަށް ހަބަރު ފެތުރި ބައެއް މީޑިއާތަކާ ދެކޮޅަށް ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ.

މި މައްސަލައާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އޭރު ވިދާޅުވެފައި ވަނީ އެ ފައިސާ އަކީ ޕެޓީކޭޝްގެ ގޮތުގައި ކުންފުނީގެ ސައިޓުތަކަށް ފޮނުވާ ފައިސާ ކަމަށެވެ.

"އަދަދު"ގެ 'އެތެރެފުށް' ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޫސާ އަލިމަނިކު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުން ތިރީހަކަށް ސަައިޓެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއިން ކޮންމެ ސައިޓަކަށް ޕެޓީކޭޝްގެ ގޮތުގައި މަހަކު 10،000.ރ ޖަމާކުރާ ކަމަށެވެ.

ޕެޓީކޭޝްގެ ގޮތުގައި ދޫކުރާ އެ ފައިސާ ޖަމާކުރަނީ މަސައްކަތު ސައިޓްތަކުގައި ތިބޭ މުވައްޒަފުންގެ އެކައުންޓަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބޮޑު އަދަދެއްގެ ގޮތުގައި ފެނިގެން އުޅެނީ މިދިޔަ ގާތްގަނޑަކަށް ހަތަރު އަހަރުގެ ތެރޭގައި ޖަމާކުރި ފައިސާ ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

މި މައްސަލައިގައި ކުރަމުންދާ ތަހުގީގާއި ގުޅޭ ގޮތުން ފުލުހުން ބަހެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox