ދައުލަތުގެ އާންމު ބަޖެޓުން އިއުލާނުކުރާ ފަސް މިލިއަނަށް ވުރެ މަތި ހުރިހާ މަޝްރޫއުއެއްގެ ބިޑު ދެން ހުށަހެޅޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ބީލަން ޕޯޓަލް ފިނޭންސް އިން ތައާރަފުކުރީ 2021 ގަ އެވެ. އެއީ, އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ބީލަންވެރިން ހުށަހަޅާ ބީލަންތައް ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ތައާރަފްކުރި ޕޯޓަލްއެކެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ވާގޮތުން ބީލަން ޕޯޓަލް އިތުރަށް ތަރައްގީކޮށް ފަސް މިލިއަނަށް ވުރެ ގިނަ ހުރިހާ ޕްރޮކިއުމެންޓެއް އެ ޕޯޓަލްއިން ހުށަހެޅޭނެ ގޮތް ވަނީ ހަދާފަ އެވެ.
މި ސާކިއުލާއަށް އަމަލުކުރަން ފެށީ މިއަދު އެވެ.












