މަޖިލިސް އިންތިހާބު؛ އިތުރު ދާއިރާތަކަކަށް ބަދަލު ގެންނަނީ

ރައްޔިތުންގެ މަޖިލިސް: އިލެކްޝަން ކޮމިޝަނުން ބުނީ  އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތަކަށް ބަލައި ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް: އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތަކަށް ބަލައި ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށް -- ފޮޓޯ: މަޖިލިސް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިތުރު ދާއިރާތަކަކަށް ބަދަލު ގެނައުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތަކާއި ހިޔާލުތައް އިލެކްޝަން ކޮމިޝަނުން ދިރާސާކުރުމަށް ފަހު ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި އެހެން ހުރިހާ އެންމެން ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ދަފްތަރު ރަޖިސްޓްރީގައި ހިމެނޭ މާލޭ ދާއިރާތައް (މާފަންނު، މައްޗަންގޮޅި) ގެ އާބާދީ ހަމަހަމަކުރުމަށް ޗާޓަށް ބަދަލު ގެންނާނެ ކަމަށްވެއެވެ.

ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް ބަދަލުކުރުމަށް ވެސް އިލެކްޝަން ކޮމިޝަނުން ނިންމާފައިވެ އެވެ.

ހުވަދުއަތޮޅު އުތުރުބުރީގެ ތިން ދާއިރާ އަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނައުމަށް ވެސް ނިންމާފައިވެ އެވެ.

ހުވަދު އަތޮޅު އުތުރުބުރީ ދާއިރާތައް ބެހިގެން ދާނެ ގޮތް:

ވިލިނގިލި ދާއިރާ: ވިލިނގިލި

  • ދާންދޫ ދާއިރާ: ނިލަންދޫ، ދާންދޫ، ކޮނޑޭ،
  • ގެމަނަފުށި ދާއިރާ: ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ،
  • ކޮލަމާފުށި ދާއިރާ: ކޮލަމާފުށި، މާމެންދޫ މިގޮތަށް.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ގޮތުގައި އިލެކްޝަނުން ވަނީ 93 ދާއިރާ ހިމަނައިފަ އެވެ. މި ހިނގާ ދައުރުގައި މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ.

ވިހި ވަނަ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 65 ޝަކުވާ ހުށަޅާފައިވެ އެވެ. އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ ދާއިރާ ކަނޑައެޅުމުގައި އެންމެ ބޮޑު ބަދަލެއް ގެނެސްފައިވާ އައްޑޫސިޓީ ފޭދޫ އިތުރު ދާއިރާއިންނެވެ. އެ ދާއިރާއިން އެކަނި 44 ޝަކުވާ ހުށަހެޅިއިރު، އައްޑޫގެ އެހެން ދާއިރާތަކުން ހަ ޝަކުވާއެއް ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox