މަޖިލީހުގެ ދާއިރާތަކާބެހޭ ރިޕޯޓަށް ހުށަހެޅި ޝަކުވާތަކަށް މިއަދު ޖަވާބު ދެނީ

Nov 7, 2023, 4:54 AM
އިލެކްޝަންސްބ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބު ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

އިލެކްޝަންސްބ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ނައިބުރައީސް އިސްމާއީލް ހަބީބު ވާހަކަދައްކަވަނީ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެ ރިޕޯޓަށް ހުށަހެޅި ހުރިހާ ޝަކުވާތަކެއް ބަލައި ނިންމާފައިވާ ކަމަށާއި އެ ޝަކުވާ ތަކަށް މިއަދު ޖަވާބު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ކުރަމުން ގެންދަނީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު އާންމު ކުރުމަށް ކުރަންޖެހޭ ޗާޓުތަކުގެ މަސައްކަތް ކަމަށެވެ.

އީސީން ކުރިން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި އެ ރިޕޯޓަށް 65 ޝަކުވާއެއް ލިބުނެވެ. އެެ ކޮމިޝަނުން އޭރު ބުނީ ނޮވެމްބަރު 5، ގެ ކުރިން އެ ޝަކުވާތަކާ މެދު ކޮމިޝަނުން ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ކަނޑައަޅާ ގޮތުގެ ޖަވާބު ޝަކުވާ ހުށަހެޅި ފަރާތްތަކަށް ވެސް ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.

ކޮމިޝަނުން އޭރު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން 65 ޝަކުވާގެ ތެރެއިން 44 ޝަކުވާއަކީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށް ހުށަހަޅާފައިވާ ޝަކުވާ އެވެ. އައްޑޫގެ އެހެން ބައެއް ދާއިރާތަކަށް ހަ ޝަކުވާއެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ފޭދޫ ދެކުނު ދާއިރާއަށް ހުށަހަޅާފައިވާ ޝަކުވާއެއް ވެސް ހިމެނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އޮންނަނީ އައްޑޫ ފޭދޫ ދާއިރާ އެވެ. ފޭދޫގެ އާބާދީ އިތުރުވުމާ ވެސް އެކު، ކޮމިޝަނުން ގެނައި ބަދަލަކީ އެ ރަށުގެ ކަނީރު މަގުން އުތުރަށް އޮންނަ ސަރަހައްދުގެ ބަޔަކާއި ރަށާ އެއް ފަސްގަނޑަކަށް އޮތް ނަމަވެސް ވަކި ރަށެއް ގޮތަށް ބަލަމުން އަންނަ މަރަދޫފޭދޫއަކީ ފޭދޫ އުތުރު ދާއިރާގެ ގޮތުގައި ކަނޑައެޅުމަށެވެ. ރަށުގެ ބާކީ ސަރަހައްދަކީ ފޭދޫ ދެކުނު ދާއިރާ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އައްޑޫ ސިޓީގެ ދާއިރާތަކަށް ބޮޑު ބަދަލެއް އިލެކްޝަނުން ގެނައީ، މީގެ ކުރިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ މީދޫގެ ދާއިރާގައި މަރަދޫފޭދޫ ހިމެނޭތީ އެ ރަށުގެ ގިނަ މީހުންގެ ކަންބޮޑުވުންތަކެއް ވެސް އެ ކަމުގައި އޮއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox