ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަށް މިފަހަރު ވެސް ރާއްޖެ ނޮމިނޭޓުވެއްޖެ

މިދިޔަ އަހަރު ރާއްޖެއިން ވަނީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަނުގެ މަގާމު ޖެހިޖެހިގެން ތިންފަހަރު ހޯދައި އެ އެވޯޑު މިލްކުކޮށްފައި --

މިދިޔަ އަހަރު ރާއްޖެއިން ވަނީ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަނުގެ މަގާމު ޖެހިޖެހިގެން ތިންފަހަރު ހޯދައި އެ އެވޯޑު މިލްކުކޮށްފައި --

ވޯލްޑް ޓްރެވެލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑު، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" ގެ އެވޯޑަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ދިވެހިރާއްޖެ ނޮމިނޭޓުވެއްޖެ އެވެ.

ވޯލްޑު ޓުރެވެލް އެވޯޑުތަކަކީ 1993 އިން ފެށިގެން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ. އޭގެ ތެރޭގައި ސަރަހައްދީ، އަދި ދުނިޔޭގެ ފެންވަރުގެ ކެޓެގަރީތަކަށް ހާއްސަ އެވޯޑުތައް ހިމެނެ އެވެ.

ފާއިތުވި ތިން އަހަރު ވެސް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ކާމިޔާބުކޮށް އެ އެވޯޑު މިލްކުކޮށްފައި ވަނީ ރާއްޖެއިންނެވެ. ޑަބްލިއުޓީއޭގެ އެވޯޑުތަކަކީ އާންމުކޮށް ހުޅުވާލައިގެން ވޯޓު ލުމުގެ ފުރުސަތު އެންމެނަށް ދީގެން ހޮވާ އެވޯޑުތަކެކެވެ. އެގޮތުން، މިއަހަރުގެ އެވޯޑަށް ވެސް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ އެވޯޑު މިފަހަރު ރާއްޖެއަށް ލިބިއްޖެ ނަމަ، އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

އެވޯޑުތަކަށް ވޯޓުލުން މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު އޮންލައިންކޮށް އެ އެވޯޑުތަކަށް ވޯޓު ލެވޭނެ އެވެ.

ޑަބްލިއުޓީއޭއިން ދޭ އެންމެ ޝަރަފުވެރި އެވޯޑުގެ އިތުރުން ހަތް އެވޯޑަކަށް ދިވެހިރާއްޖެ ވަނީ ނޮމިނޭޓު ވެފަ އެވެ. އެއީ؛

  • ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން 2023
  • ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2023
  • ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2023
  • ވޯލްޑްސް ލީޑިން އައިލެންޑު ޑެސްޓިނޭޝަން 2023
  • ވޯލްޑްސް މޯސްޓު ރޮމޭންޓިކް ޑެސްޓިނޭޝަން 2023
  • ވޯލްޑްސް ލީޑިން ޓޫރިސްޓު ބޯޑު 2023

އޭގެ އިތުރުން އިންޑިއަން އޯޝަން އެވޯޑު ކެޓެގަރީން ހަ އެވޯޑަކަށް ދިވެހިރާއްޖެ ނޮމިނޭޓުވެފައިވެ އެވެ.

ދިވެހިރާއްޖެއިން މި އަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަނުގެ މަގާމު ދިފާއުކޮށްފި ނަމަ ރާއްޖެއަކީ އެ މަގާމު ހަތަރު ފަހަރު ހޯދި ދެ ވަނަ ގައުމަށް ވާނެ އެވެ. ވޯލްޑް ލީޑިން ޑެސްޓިނޭޝަނުގެ މަގާމު އެންމެ ގިނައިން ހޯދޑފައި ވަނީ ޔޫއޭއީ އިންނެވެ. ޔޫއޭއީއިން އެ އެވޯޑު ހަ ފަހަރު ހޯދާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox