ވަކިވެގެން އެދިޔައީ ކުޅިވަރު އެތައް ތަރިންނެއްގެ މަންމަ

ނާޒިމާ އޭނާގެ މަންމަ ސަލީމާއާ އެކު.

ނާޒިމާ އޭނާގެ މަންމަ ސަލީމާއާ އެކު.

ރާއްޖޭގެ ކުޅިވަރަށް ހުނަރުވެރި އެތައް ކުޅުންތެރިންނެއް ނެރެދިން މަންމައެއް ކަމަށްވާ ހެންވޭރު ކޮޔާ، ސަލީމާ މުހައްމަދުފުޅު (ބަތްސަލީމާ) އުމުރުން 76 އަހަރުގައި ނިޔާވެއްޖެ އެވެ.

ސަލީމާ ދުނިޔެ ދޫކުރީ ވަރަށް ގިނަ ދުވަހު ބަލިވެ އުޅުމަށް ފަހު އެވެ. އޭނާ އަށް ހޮސްޕިޓަލުގައި ވެސް ތިން މަހެއްހާ ދުވަހު ފަރުވާ ދިނެވެ. އޭނާގެ ޖަނާޒާ ރޭގެ ފަތިސް ނަމާދަށް ފަހު ހުޅުމާލޭ ސަހަރާގައި ވަނީ ބާއްވައިފަ އެވެ.

ސަލީމާ އަކީ އޭނާގެ ޒުވާން ދުވަސްވަރު، މުޖުރާ ލަވައަށް ނެށުމުގައި ރާއްޖޭގެ އެންމެ ކުޅަދާނަ އެކެކެވެ. ގަނޑުވަރުތެރެއިން ތައާރަފުވި މުޖުރާ ލަވައަށް ނެށުމަކީ، ވަކި ބަނޑިތަކެއް ލައްވައިގެން، ލަސް ހަރަކާތްތަކެއް ބޭނުންކޮށްގެން ނަށާ ނެށުމެކެވެ. އެއީ މީގެ ތިރީހަކަށް އަހަރު ކުރިއާ ހަމައަށް ވެސް މާލޭގައި ޓިކެޓް ވިއްކައިގެން މުޖުރާ ލަވައަށް ނެށުމުގެ ޝޯތައް ބޭއްވި އެވެ.

ސަލީމާގެ ކުދިންގެ ތެރެއިން ކުޅިވަރުގައި ފާހަގަކުރެވެނީ އާއިޝަތު ނާޒިމާ އާއި އަލީ ޝަމީމް (ކޮޔަރޭ) އާއި އަހުމަދު ޝަމީމް (އާންސީ) އަދި އިބްރާހީމް ޝަމީމް (އިއްބެ) އެވެ.

ނާޒިމާ ބާސްކެޓްބޯޅަ ކުޅެނީ.
ނާޒިމާ ބާސްކެޓްބޯޅަ ކުޅެނީ.

ނާޒިމާ ބާސްކެޓްބޯޅަ ކުޅެނީ.

އޭގެ ތެރެއިން ނާޒިމާ އަކީ ރާއްޖެ ދުށް އެންމެ ހުނަރުވެރި އެއް އަންހެން ކުޅިވަރު ކުޅުންތެރިޔާ އެވެ. ސްކޫލް ދައުރުގައި ބާރު ދުވުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ނާޒިމާ ވަނީ ގައުމީ ފެންވަރުގައި ވޮލީބޯޅަ އާއި ބާސްކެޓްބޯޅަ އާއި ނެޓްބޯޅަ ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ވޮލީބޯޅަ އާއި ނެޓްބޯޅަ ވެސް ކުޅެފަ އެވެ.

ކުޅިވަރު ކުޅުމުގެ ރޮނގުން ދިވެހި ސަރުކާރުން ގައުމީ އިނާމު ދީފައިވާ ނާޒިމާ ވަނީ 'ހަވީރު' އިން ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފަ އެވެ.

ނާޒިމާ ބުނީ އޭނާ އާއި އެއްބަނޑުއެއްބަފާ އެހެން ކުދިން ކުޅިވަރުގައި ހޯދި ކާމިޔާބީގެ ފަހަތުގައި ހުރީ މަންމަ ކަމަށާއި، އެކަމުގެ ހުރިހާ ޝުކުރެއް ވެސް ހައްގުވަނީ މަންމަ އަށް ކަމަށެވެ.

"ނާޒިގެ ފަހަތުން ހުރިހާ ކަމެއްގައި އުޅޭނެ. އެއްވެސް ކަމެއް ވައްޓާނުލާނެ،" މިހާރު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމާ އެވެ.

"އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން އަހަރެން ކުރި ވަރަށް ބުރެ ބުރަ މަސައްކަތް މަންމަ ކުރި."

އަލީ ޝަމީމް ވެޓްރަންސް މުބާރާތުގައި ނިއު އަށް ކުޅެނީ.
އަލީ ޝަމީމް ވެޓްރަންސް މުބާރާތުގައި ނިއު އަށް ކުޅެނީ.

އަލީ ޝަމީމް ވެޓްރަންސް މުބާރާތުގައި ނިއު އަށް ކުޅެނީ.

ނާޒިމާގެ ބޭބެ އަލީ ޝަމީމަކީ ނިއު ރޭޑިއަންޓަށް ފުޓްބޯޅަ ކުޅެ އެ ޓީމާ އެކު ނުވަދިހައިގެ ތެރޭގައި އެތައް ތަށްޓެއް ހާސިލްކުރި ކުޅުންތެރިއެކެވެ. ފަހުން ނިއުގެ އެސިސްޓަންޓް ކޯޗުކަމާއި މެނޭޖަރުކަން ވެސް ކުރި އެވެ. އެގޮތުން ނިއު އިން 2005 ގެ އޭއެފްސީ ކަޕުގައި ތާރީގީ ކާމިޔާބު ހޯދިއިރު އެ ޓީމު އެކުލަވާލުމުގައި އަލީ ޝަމީމް އިސް ދައުރެއް އަދާކުރެ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވެޓްރަންސް މުބާރާތްތަކުގައި މިހާރު ވެސް މޮޅަށް ކުޅޭ އަލީ ޝަމީމް އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ކިޑްސް ފުޓްބޯލް ފިއެސްޓާ އިންތިޒާމުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރަމުންނެވެ.

އާންސީ (މ) އާއި ނާޒިމާ (ވ) ވެޓްރަންސް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމްއާ އެކު.
އާންސީ (މ) އާއި ނާޒިމާ (ވ) ވެޓްރަންސް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމްއާ އެކު.

އާންސީ (މ) އާއި ނާޒިމާ (ވ) ވެޓްރަންސް ކަޕް ފެށުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމްއާ އެކު.

އޭނާގެ ބޭބެ އަހުމަދު ޝަމީމް (އާންސީ) އަކީ ވެސް ނިއުގެ ކުރީގެ ތަރިއެކެވެ. ފަހުން ވެޓްރަންސް މުބާރާތުގައި ވެސް ނިއު އަށް އޭނާ ކުޅުނެވެ. އެގޭ އިބްރާހީމް ޝަމީމަކީ ބާރަށް ހިނގުމުން ރާއްޖޭގެ އެއް ވަނަ އެވެ. އެ ކުޅިވަރުގައި އިބްރާހީމް ޝަމީމް ހެދި ގައުމީ ރެކޯޑް ދާދި ފަހުން ސްޕޯޓްސް މިނިސްޓްރީން ވަނީ ބަލައިގަނެ އޭނާ އަށް އެކަމުގެ ލިޔުން ދީފަ އެވެ.

ސަލީމާގެ ދަނބިދަރިއެއް ކަމަށްވާ، ނާޒިމާގެ ފިރިމީހާ މުހައްމަދު ނިޒާމް (ނިޒާމްބެ) އަކީ ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކޯޗެވެ. އޭނާ އަކީ ކުރީގެ މަޝްހޫރު ކުޅުންތެރިއެއް ވެސް މެ އެވެ.

ސަލީމާގެ ފިރިމީހާ އަކީ ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކުރި ރޯނުގޭ ތުއްތު ދީދީ އެވެ. އޭނާ ވަނީ މީގެ އަހަރުތަކެއް ކުރިން ނިޔާވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox