މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓު މިމަހު އާންމު ކުރަނީ

އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އަދަދުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 93. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އަދަދުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 93. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައާޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓު މިމަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ 20 ވަނަ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާާ ކުރަމުންދާ ކަމަށެވެ.

"ލިބިފައިވާ ޝަކުވާ/ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދަނީ ދިރާސާ ކުރަމުން. ދިރާސާކޮށް ނިމުމުން، ޝަކުވާ/ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީ އިން ވަރަށް އަވަހަށް ޖަވާބު ދޭނެ. އަދި ދާއިރާތަކުގެ ފައިނަލް ރިޕޯޓު ނޮވެމްބަރު މަހުގެ ތެރޭގައި އާންމު ކުރުމަށް އީސީން ދަނީ މަސައްކަތް ކުރަމުން،" ހަބީބު ލިޔުއްވާފައިވެ އެވެ.

ވިހި ވަނަ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 65 ޝަކުވާ ހުށަޅާފައިވެ އެވެ. އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ ދާއިރާ ކަނޑައެޅުމުގައި އެންމެ ބޮޑު ބަދަލެއް ގެނެސްފައިވާ އައްޑޫސިޓީ ފޭދޫ އިތުރު ދާއިރާއިންނެވެ. އެ ދާއިރާއިން އެކަނި 44 ޝަކުވާ ހުށަހެޅިއިރު، އައްޑޫގެ އެހެން ދާއިރާތަކުން ހަ ޝަކުވާއެއް ހުށަހަޅާފައިވެ އެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ ގޮތުގައި އިލެކްޝަނުން ވަނީ 93 ދާއިރާ ހިމަނައިފަ އެވެ. މި ހިނގާ ދައުރުގައި މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުންނެވެ.

އައްޑޫ ސިޓީ ފޭދޫގެ އިތުރުން ދެން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ހުޅުމާލެއަށެވެ. ކުރިން ހުޅުމާލެ އެންމެ ދާއިރާއެއް އޮތް ނަމަވެސް މި ފަހަރު ތިން ދާއިރާ ހިމެނެ އެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުމާލެ މެދު ދާއިރާ، އަދި ހުޅުމާލެ ދެކުނު ދާއިރާ އެވެ.

އޭގެ އިތުރުން، ބ. އަތޮޅުގައި ހިތާދޫ ދާއިރާއެއް ވަނީ އިތުރުކޮށްފަ އެވެ. އެ ދާއިރާގައި ހިމެނެނީ ހިތާދޫގެ އިތުރުން އެ އަތޮޅު މާޅޮހާއި ދަރަވަންދޫ އެވެ. މީގެ ތެރެއިން މާޅޮހާއި ހިތާދޫއަކީ އޭދަފުށި ދާއިރާ އެވެ. ދަރަވަންދޫއަކީ ކެންދޫ ދާއިރާގެ ރަށެކެވެ.

ގއ. އަތޮޅުގައި ވެސް ދާއިރާއެއް އިތުރުކޮށްފައިވެ އެވެ. އެއީ ކުރިން ވިލިނގިލި ދާއިރާގައި ހިމެނޭ ކޮލަމާފުއްޓާއި ގެމަނަފުށި ދާއިރާގައި ހިމެނޭ ދެއްވަދޫ ހިމަނައިގެން ކޮލަމާފުށި ދާއިރާގެ ނަމުގައި އިތުރު ކުރި ދާއިރާ އެވެ.

ދެން ދާއިރާއެއް އިތުރުކޮށްފައިވަނީ ކ. އަތޮޅަށެވެ. އެއީ ގުރައިދޫ ދާއިރާގައި ހިމެނޭ ގުޅި އާއި ތުލުސްދޫ ދާއިރާގައި ހިމެނޭ ހުރާ އާއި ހިންމަފުށި ހިމަނައިގެން ހުރާ ދާއިރާގައި ނަމުގައި އިތުރުކޮށްފައިވާ ދާއިރާއެކެވެ.

ކޮންމެ އިންތިހާބީ ދައުރަކަށް ފަހު މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން ދާތީ އެ އަދަދު ހިފެހެއްޓުމަށްޓަކައި މަޖިލީހުގެ އެކުލެވުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައިވެ އެވެ. އިންތިހާބީ ދާއިރާތައް މިހާރު އެކުލަވާލައިފައި ވަނީ އާބާދީގެ ކޮންމެ 5،000 މީހަކު ތަމްސީލުކުރެވޭ ގޮތަށް އަދި އެ އަދަދަށް ނުހިމެނޭ ކޮންމެ އަތޮޅެއްގައި ދެ މެންބަރުން ހިމެނޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox